އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް... ފޮޓޯ: ޔޫއެސް ޖަސްޓިސް އޮފީސް
ދުނިޔެ
23 Aug 2026 | 08:19
ޓިކްޓޮކުން ކުޑަކުދިންގެ ޕްރައިވަސީއާ ޚިލާފުވި މައްސަލާގައި 400 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ

ކުޑަކުދިންގެ ޒާތީ މަޢުލޫމާތާއި ޕްރައިވެސީއާ ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ކޯޓުތަކުގައި ކުރިއަށްދިޔަ ދަޢުވާތަކާ ގުޅިގެން، ކޯޓުން ބޭރުން ސުލްޙަވެރި ޙައްލަކަށް އައުމަށްޓަކައި ޓިކްޓޮކް ކުންފުނިން 400 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެއްބަސްވެއްޖެއެވެ.

މިއީ މިފަދަ މައްސަލައެއްގައި އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް ހަމަޖެހުނު އެންމެ ބޮޑު އެއް ސެޓްލްމަންޓެވެ.

މި އެއްބަސްވުމަކީ 2024 ވަނަ އަހަރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓިކްޓޮކާއި އޭގެ މައި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސްއާ ދެކޮޅަށް އުފުލި ދަޢުވާއަކާ ގުޅިގެން އައި ނަތީޖާއެކެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، 13 އަހަރުން ދަށުގެ މިލިއަނަކަށްވުރެ ގިނަ ކުދިންގެ ޒާތީ މަޢުލޫމާތު އެ ކުންފުނިން ވަނީ ޤަވާޢިދާ ޚިލާފަށް އެއްކޮށްފައެވެ. މިއީ 2000 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ޢަމަލުކުރަމުން އަންނަ "ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް" (COPPA) އާ ކަނޑައެޅިގެން ޚިލާފު ޢަމަލެކެވެ. މިހާރު މަޝްހޫރު މެޓާ ކުންފުންޏާ ދެކޮޅަށް އެމެރިކާގެ އެކި ސްޓޭޓްތަކުން ދަޢުވާ ކުރަމުންދަނީ ވެސް ހަމަ މި ޤާނޫނުގެ ދަށުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ބްރެޓް ޝޫމޭޓް ވިދާޅުވީ، މި މައްސަލަ ފެށުނު ދުވަސްވަރާ އަޅާބަލާއިރު، މިހާރު ކުޑަކުދިންނާއި ބެލެނިވެރިންގެ ޑިޖިޓަލް ރައްކާތެރިކަން ވަނީ އިތުރަށް ކަށަވަރު ކުރެވިފައި ކަމަށެވެ.

މީގެ ކުރިން ވެސް މި ޤާނޫނާ ޚިލާފުވެގެން އެމެރިކާ ސަރުކާރަށް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ދެއްކި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ގޫގުލްގެ ޔޫޓިއުބް, އަދި އެޕިކް ގޭމްސް ހިމެނެއެވެ. ޔޫޓިއުބުން ވަނީ މީގެ ކުރިން މިފަދަ މައްސަލައެއްގައި 2019 ވަނަ އަހަރު 170 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި އެޕިކް ގޭމްސްއިން 275 މިލިއަން ޑޮލަރު ދައްކާފައެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް ތަނުގައި މެޓާއިން ވެސް އެތައް ބިލިއަން ޑޮލަރެއްގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ވެވުނު އެއްބަސްވުމުގެ ދަށުން ޓިކްޓޮކާއި ބައިޓްޑާންސް ގުޅިގެން 300 މިލިއަން ޑޮލަރު ވަގުތުން ޖަސްޓިސް ޑިޕާޓްމަންޓަށް ދައްކަން ޖެހޭނެއެވެ. އަދި ބާކީވާ 100 މިލިއަން ޑޮލަރު ދައްކާނީ ފެޑަރަލް ޓްރޭޑް ކޮމިޝަނުން (FTC) 2019 ވަނަ އަހަރު ނެރެފައިވާ އަމުރެއް ބާޠިލުކުރުމުންނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި، މި ދަޢުވާ އުފުލި ފަހުން ޓިކްޓޮކްގެ މިލްކުވެރިކަމަށާއި، ޕްރައިވެސީ އުސޫލުތަކަށާއި، ކުޑަކުދިންނަށް ޚާއްޞަ ކޮންޓްރޯލްތަކަށް ވަނީ ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނެސްފައެވެ. މި މައްސަލަ ފެށުނުއިރު އެމެރިކާގައި 170 މިލިއަނަށްވުރެ ގިނަ ފުރާވަރުގެ ކުދިން ޓިކްޓޮކް ބޭނުންކުރަމުން ދިޔަ ނަމަވެސް، އެ ކުދިންގެ ޢުމުރު ކަށަވަރު ކުރުމަށާއި ބެލެނިވެރިންގެ ހުއްދަ ހޯދުމަށް އެކަށީގެންވާ ރައްކާތެރި ނިޒާމެއް އޭރު ޤާއިމުކޮށްފައެއް ނުވެއެވެ.

މިހާރު ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރީގެ 81 އިންސައްތަ ޙިއްޞާ ކުރަނީ އެކި އިންވެސްޓަރުން ހިމެނޭ ކޮންސޯޝިއަމްއަކުންނެވެ. އަދި އަސްލު މައި ކުންފުނި ކަމަށްވާ ބައިޓްޑާންސްގެ އަތުގައި މިހާރު އޮތީ އެންމެ 19 އިންސައްތަ ޙިއްޞާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ