ކެޓަރިންގ ޓްރަކެއް-
ދުނިޔެ
12 Aug 2026 | 07:48
އީރާނުގެ މިސައިލް ހަމަލާއެއްގެ ބިރަށްޓަކައި، ކެޓަރިންގ ޓްރަކެއްގައި ސިއްރުން ޓްރަމްޕް މަތިންދާބޯޓަށް އަރުވައިފި

މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިޔާތުގައި އެހެން މަތިންދާބޯޓަކަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މި ރޭވުމުގެ ދަށުން ނޫސްވެރިންނާއި ވައިޓް ހައުސްގެ ގިނަ މުވައްޒަފުން ދަތުރުކުރީ ރައީސުންނަށް ޚާއްޞަ އެއާ ފޯސް ވަން 747 މަރުކާގެ ޖެޓުގައެވެ. ނަމަވެސް ޓްރަމްޕް ދަތުރުކުރީ ވަކި މަތިންދާބޯޓެއްގައެވެ. ރައީސުންގެ ރަސްމީ މަތިންދާބޯޓު ބޭނުންކުރީ އީރާނަށް އޮޅުވައިލުމަށް ޑީކޯއީ އެއްގެ ގޮތުގައެވެ. ޓްރަމްޕް މަތިންދާބޯޓަށް އެރުވީ ކެޓަރިންގ ޓްރަކެއްގެ ތެރޭގައި ސިއްރުން ގެންގޮސްގެންނެވެ. 

ތުރުކީން ފުރައިގެން އެމެރިކާއަށް ދާ ދަތުރުގެ ފަހު ބައިގައި ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކޮށް އެ ދަތުރާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. އެގޮތުން ޑީކޯއީ ބޯޓުން ފުރި ވަގުތު ކުޑަދޮރުތަކުގެ ފޮތިގަނޑުތައް ބާލައި ލެއްޕުމަށް ސީކްރެޓް ސާވިސް އެންގި ކަން ނޫސްވެރިން ފާހަގަކުރުމުން ޓްރަމްޕް ބުނީ "އީރާނުގެ ލިސްޓުގެ އެއް ވަނައިގައި ހުރީ ތިމަންނާ ކަމަށް އަބަދުވެސް ފެނޭ" ކަމަށެވެ.

މި ހާދިސާގެ ކުރިން ޓްރަމްޕް ވަނީ އީރާނުގެ ލީޑަރު ޢަލީ ޚާމަނައީއާއި އެ ޤައުމުގެ އިސް ވެރީން މަރުވި އެމެރިކާގެ ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އޭބީސީއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ "އެމީހުންނަށް ވުރެ ކުރިން އަހަންނަށް ހަމަލާ ދެވުނީ. އެމީހުން ދެ ފަހަރު މަސައްކަތް ކުރި. އެކަމަކު ފުރަތަމަ ކާމިޔާބު ހޯދީ އަހަރެން" ކަމަށެވެ.

ދިފާޢީ ވަޒީރު ޕީޓް ހެގްސެތު މާރިޗު މަހު ބުނި ގޮތުގައި އީރާނުން  ޓްރަމްޕް މަރައިލަން އުޅުނު ނަމަވެސް ކާމިޔާބީ ލިބުނީ ޓްރަމްޕަށް ކަމަށެވެ. ހެގްސެތް ފާހަގަކުރި ގޮތުގައި ޓްރަމްޕް މެރުމަށް އީރާނުން ހިންގި ޔުނިޓެއްގެ ވެރިއަކަށް ހުރި އީރާނު ރައްޔިތަކު އެމެރިކާގެ ހަމަލާތަކުގައި މަރުވި ކަމަށެވެ.

ޓްރަމްޕާ ދެކޮޅު އީރާނުގެ ރޭވުންތަކުގެ ތާރީޚު ދިގެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ޤާސިމް ސުލައިމާނީ މެރި ހަމަލާއަށް ފަހު އީރާނުން ވަނީ ބަދަލު ހިފާނެ ކަމަށް ވަޢުދުވެފައެވެ. ބައިޑެން ސަރުކާރުން 2022 ވަނަ އަހަރު ވަނީ ޓްރަމްޕްގެ ކުރީގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޮލްޓަން މެރުމުގެ ރޭވުމެއް ފެނިގެން އީރާނަށް އިންޒާރު ދީފައެވެ. ޖުލައި 2024 ގައި ރެވޮލިއުޝަނަރީ ގާޑާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ އާސިފް މާޗެންޓް ހައްޔަރުކުރީ ޓްރަމްޕް މެރުމުގެ ރޭވުމެއްގެ ތެރެއިންނެވެ. ހަތަރު މަސް ފަހުން އަފްޣާނިސްތާނު ރައްޔިތެއް ކަމަށްވާ ފަރުހާދު ޝާކިރީގެ މައްޗަށް ޓްރަމްޕް މެރުމުގެ އެހެން ރޭވުމެއްގެ ދައުވާ އުފުލިއެވެ. މާޗެންޓް 2026 ވަނަ އަހަރުގެ މާރިޗު މަހު ކުށް ސާބިތުވެފައިވީ ނަމަވެސް ރެވޮލިއުޝަނަރީ ގާޑުގެ އޮފިޝަލެއްގެ އެންގެވުމުގެ ދަށުން ޢަމަލުކުރި ކަމަށް ދައުވާ ކުރެވޭ ޝާކިރީ އަދިވެސް ހޯދިފައެއް ނުވެއެވެ.

ޓްރަމްޕް ސީދާ ޖިސްމާނީ ނުރައްކަލާ ކުރިމަތިލީ ވެސް 2024 ވަނަ އަހަރުގައެވެ. ޖުލައި މަހު ޕެންސިލްވޭނިއާގެ ބަޓްލާގައި ބޭއްވި ރެލީއެއްގައި ބަޑި ޖެހި ހަމަލާގައި ޓްރަމްޕް ޒަޚަމްވިއެވެ. ދެ މަސް ފަހުން ފްލޮރިޑާގައި ޓްރަމްޕް ގޮލްފް ކުޅެމުން ދިޔައިރު ގަސްތަކުގެ ތެރޭގައި ހަތިޔާރާ އެކު ފިލައި އޮތް މީހެއް ސީކްރެޓް ސާވިސް އެޖެންޓުން ހައްޔަރު ކުރިއެވެ.

ޓްރަމްޕް 2025 ގައި އީރާނުގެ ނިއުކްލިއާ ދިރާސާ މަރުކަޒުތަކަށް ބޮން އެޅުމާއި މި އަހަރުގެ ހަމަލާތަކާއި ކަނޑުގެ ޙިސާރާ ގުޅިގެން އީރާނުން އައު އިންޒާރުތައް ދިނެވެ. ޖުލައި މަހު ޓްރަމްޕް ޓްރުތް ސޯޝަލްގައި ލިޔެފައިވާގޮތުން އޭނާ "މެރުމަށް ނުވަތަ މެރުމަށް މަސައްކަތް" ކުރާނެ ކަމަށް އީރާނުން ބިރު ދައްކާފައިވާ ކަމަށާއި އީރާނުން ޢަމަލީ ގޮތުން އެ ބިރު ދެއްކުމަށް ފިޔަވަޅެއް އެޅިނަމަ 1,000 މިސައިލް ތައްޔާރީ ޙާލަތުގައި އީރާނަށް އަމާޒު ކޮށްފައި ހުންނާނެ ކަމަށެވެ.

ޚާމަނައީގެ ޖަނާޒާގައި ބައިވެރިން "#ކިލްޓްރަމްޕް" ޖެހި ބެނާއެއް އުފުލިއެވެ. އޭގެ ފަހު ހަފުތާގައި ތެހެރާންގެ މައި މައިދާނެއްގައި ހުރި ޢިމާރާތެއްގައި ކަޅު ސަންދޯކެއްގައި ޓްރަމްޕް އޮތް ބޮޑު ކުރެހުމެއް ދައްކައި "އަހަރެމެން ޓްރަމްޕް މަރާނެ" އަދި "ލެޔަށް ލޭ" ޖެހި ލިޔުންތައް ފެނުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.