އެމެރިކާ
17 Apr 2026
ލުބުނާނުގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި
ލުބުނާނާއި އިސްރާއީލާ ދެމެދު ދާއިމީ ސަލާމަތީ އަދި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި، 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިއެވެ.
15 Apr 2026
އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު ގެއްލިއްޖެ
މިފަހަރު ގެއްލިފައިވަނީ ނިއު މެކްސިކޯގެ އަލްބަކާކީގައި ހުންނަ ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް ގައި ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 48 އަހަރުގެ ސްޓީވަަން ގާސިއާއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 28، 2025 ގައި އޭނާގެ ގެއިން އަތުބަޑިއެއް ހިފައިގެން ނުކުމެގެން ދަނިކޮށެވެ. ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނިއުކްލިއާ ހަތިޔާރުތަކުގެ ގިނަ އަދަދެއްގެ ސާމާނުތައް ބަލަހައްޓާ މަރުކަޒެއްގައި އިސް މަގާމެއް ފުރަަމުންދިޔަ މީހެކެވެ.
15 Apr 2026
އީރާނުގެ ކަނޑުގެ ވިޔަފާރިތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި
އީރާނުގެ ބަނދަރުތައް އެމެރިކާގެ އަސްކަރިއްޔާއިން ބަންދުކޮށް، އެ ގައުމުގެ ކަނޑުގެ މަގުން ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ.
13 Apr 2026
ހޮރްމޯޒް ކަނޑުއަޮޅި ބަންދުކުރަން ޓްރަމްޕް އަމުރުކޮށްފި
ޕާކިސްތާނުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްޙައިގެ ވާހަކަތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅި "ވަގުތުން" ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފިއެވެ.
12 Apr 2026
ހަނގުރާމަ ހުައްޓާލުމާމެދު އީރާނާއެކު އެއްބަސްވުމަކަށް ނާދެވޭ
އީރާނާއެކު ކުރިއަށްދިޔަ 21 ގަޑިއިރުގެ ދިގު މަޝްވަރާތަކަށްފަހު، އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް އާއި އެމެރިކާގެ ވަފުދު އާދީއްތަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުން ފުރައިފިއެވެ.
11 Apr 2026
މޮރިޝަސް އާ ޗާގޯސް ހަވާލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
10 Apr 2026
އިސްރާއީލުން ޑިޕްލޮމަސީ ނައްތާލުމަށް އެމެރިކާއިން ފުރުޞަތު ދިނުމަކީ މޮޔަކަމެއް
ލުބުނާނުގައި އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅިފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޑިޕްލޮމަސީ ނައްތާލުމަށް އެމެރިކާއިން ފުރުޞަތު ދިނުމަކީ "މޮޔަ" ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
08 Apr 2026
ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެމެރިކާއިން އެއްބަސްވެއްޖެ