މެޗަށްފަހު އާޖެންޓީނާ ކުޅުންތެރިން ބެނާ ހިފައިގެން.. ފޮޓޯ؛ ގެޓީ އިމޭޖް
ދުނިޔެ
18 Jul 2026 | 09:23
ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ހިޔާލުފާޅުކުރުމަކީ މައްސަލައެއްނޫން: ވައިޓްހައުސް

އާޖެންޓީނާ ކުޅުންތެރިން ފޯކްލޭންޑާ ގުޅޭގޮތުން ހިޔާލުފާޅުކުރުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫންކަމަށް ވައިޓްހައުސްއިން ބުނެފިއެވެ.

ވަރލްޑްކަޕް ސެމީފައިނަލްގައި އިންގްލޭންޑާ ދެކޮޅަށް އަޖެންޓީނާ ކުޅެ މޮޅުވި މެޗަށްފަހު، ކުރިއަށްގެންދިޔަ އުފާފާޅު ކުރުންތަކުގައި އާޖެންޓީނާ ކުޅުންތެރިން ވަނީ ފޯކްލޭންޑާ ގުޅޭ ބެނާއެއް ބޭނުންކޮށްފައެވެ. އެ ބެނާގައި ވަނީ ފޯކްލޭންޑަކީ އާެޖންޓީނާގެ މިލްކެއްކަމަށެވެ.

ވަރލްޑްކަޕް ދަނޑުތެރެއިން އާޖެންޓީނާ ކުޅުންތެރިންގެ މި އަމަލާމެދު އެންމެބޮޑަށް ފާޑުކިޔާފައިވަނީ އިނގިރޭސިވިލާތުގެ މީޑިއާތަކުންނެވެ. މިކަމަކީ ސިޔާސީ ކަމެއްގެ ތެރެއިން ކުރި ކަމެއްކަމަށް ވާތީވެ، މި މައްސަލާގައި އާޖެންޓީނާ ޓީމްގެ ކުޅުންތެރިންނާ ދެކޮޅަށް ފީފާއިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. 

ނަމަވެސް މި މައްސަލާގައި ވައިޓްހައުސްއިން ބުނެފައިވަނީ، ފޯކްލޭންޑާ ގުޅޭގޮތުން އާޖެންޓީނާ ކުޅުންތެރިން ފާޅުކުރި އެ ހިޔާލަކީ އެޓީމްގެ ކުޅުންތެރިންނަށް ލިބިގެންވާ ހައްގުގެ ތެރެއިން ކުރި ކަމެއްކަމަށެވެ. 

ކުޅުންތެރިން އަމަލުކުރީ ގޯސްކޮށްތޯ ސުވާލުކުރުމުން، ވައިޓް ހައުސްގެ ފީފާ ޓާސްކް ފޯހުގެ އިސްވެރިޔާ އެންޑްރޫ ގިއުލިއާނީ ހުކުރު ދުވަހު ވިދާޅުވީ، އެމެރިކާގައި އެފަދަ ޝުއޫރުތައް ފާޅުކުރުމުގެ ފުރުސަތާއި ގާބިލުކަން އެ ޓީމަށް ލިބިގެންވާ ކަމަށެވެ.

މިކަމާ ގުޅިގެން މީޑިއާގައި މި މައްސަލަ ހޫނުވެގެން ދާނޭކަމަށް ބެލެވޭއިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން (ޑައުނިންގް ސްޓްރީޓުން) ވެސް ވަނީ މި މައްސަލަ ފީފާއިން ތަހުގީގު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކޮށްފައެވެ.

އެޓްލާންޓިކް ކަނޑުގެ ދެކުނު ހުޅަނގުގައި އޮންނަ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑް އައިލެންޑްސްއަކީ، އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު މިލްކުވެރިކަމުގެ ދަޢުވާ ކުރަމުންދާ ސަރަހައްދެކެވެ. ވަރލްޑްކަޕްގައި އާޖެންޓީނާ އާއި އިނގިރޭސިވިލާތް ބައްދަލުކުރާ މެޗްތަކުގައި އާއްމުކޮށް ކޮންމެ ފަހަރަކުވެސް ފޯކްލޭންޑް މައްސަލަ ބޮޑުވެގެންދާއިރު، މިއީ ޒަމާނުއްސުރެ ދެޓީމްގެ ތެރޭގައިވެސް އޮންނަ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.