ޓޮރަމްޕް އާއި އިންފަންޓީނޯ
ދުނިޔެ
06 Jul 2026 | 10:34
ޓްރަމްޕްގެ ނުފޫޒުން ފީފާއިން ބަލޮގަންގެ ސަސްޕެންޝަން އުވާލައިފި؛ ކުރިއަށް އޮތް މެޗުގައި ކުޅޭނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގޮވާލެއްވުމާ އެކު އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންގެ ރަތް ކާޑު ސަސްޕެންޝަން ފީފާއިން ހުއްޓުވައިފިއެވެ. މިއީ ފީފާގެ ތާރީޚުގައިވެސް މީގެ ކުރިން ނުނިންމާ ފަދަ ނިންމުމެކެވެ.

ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފަލޮރިން ބެލޮގަން އަށް ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ތާރިގް މުހަރެމޯވިޗްގެ ފައިގެ ފަހަތަށް އެރުމުންނެވެ. މި ހާދިސާ ހިނގި ވަގުތު ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ވީއޭއާރު މެދުވެރިކޮށް ރެފްރީ ރަފައެލް ކްލައުސްއަށް އެ މަންޒަރު ދަނޑު ކައިރީގައި ހުރި މޮނިޓަރުން ބެލުމަށް އިރުޝާދު ދިނެވެ.

މަންޒަރުތައް އަލުން ބަލައި މައްސަލަ ދިރާސާކުރުމަށްފަހު، އެއީ އިދިކޮޅު ކުޅުންތެރިޔާގެ ސަލާމަތަށް ނުރައްކާވާ ފަދަ "ނުރައްކާތެރި ފައުލެއް" ކަމަށް ނިންމައި، ބަލޯގަންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.

މި ނިންމުމުގެ ސަބަބުން ބަލޮގަންއަށް ހޯމަ ދުވަހު ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ރަތް ކާޑު ސަސްޕެންޝަނެއް މި ގޮތަށް ހުއްޓުވުމަކީ ފީފާގެ ޑިސިޕްލިނަރީ ޤަވާއިދުތަކުގެ ދަށުން އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ސީދާ ފީފާގެ ރައީސަށް ގޮވާލެއްވުމާ އެކު މި ނިންމުން ވަނީ ބަދަލުވެފައެވެ.

ފީފާގެ ޑިސިޕްލިނަރީ ޕްރޮސެސްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމާ ގުޅިގެން ބެލްޖިއަމުން ވަނީ މި ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފުޓުބޯޅައިގެ މައިދާނުގައި ހުރިހާ ޤައުމުތަކަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭ ކަމަށާއި ސިޔާސީ ބާރުގެ ބޭނުންކޮށްގެން ކުޅިވަރުގެ ޤަވާއިދުތައް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބެލްޖިއަމުން ވަނީ ބުނެފައެވެ.

މި މައްސަލައާ އެކު މި ވޯލްޑް ކަޕްގެ އެންމެ ބޮޑު އެއް ބަހުސަކަށް ވެފައި ވަނީ ޓެކްޓިކްސް ނުވަތަ ޓީމު ހޮވުމުގެ މައްސަލައެއް ނޫނެވެ. އެއީ ފުޓުބޯޅައިގެ މައި ޖަމާޢަތާއި ސިޔާސީ ބާރުތަކާ ދެމެދު އޮންނަ ގުޅުމާ މެދު އުފެދިފައިވާ ކަންބޮޑުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ