އެމެރިކާގެ ރިޕަބްލިކަން ހައުސް ސްޕީކާ މައިކް ޖޯންސަން
ދުނިޔެ
23 Jul 2026 | 10:53
އިސްރާއީލާއެކު އަސްކަރީ ގުޅުން ވަރުގަދަކުރުން ހިމަނައި، 1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި

އިސްރާއީލާއެކު އޮންނަ އަސްކަރީ އަދި ޓެކްނޮލޮޖީގެ ގުޅުންތައް އިތުރަށް ފުޅާކުރުން ހިމަނައި، 1.15 ޓްރިލިއަން ޑޮލަރުގެ ބޮޑު އަސްކަރީ ބަޖެޓެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފިއެވެ.

ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.

"2027 ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް" (NDAA) ގެ ނަމުން ނަންދެވިފައިވާ މި ބިލަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އަސްކަރީ ބަޖެޓު ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ބައެކެވެ. މިދިޔަ އަހަރު 900 ބިލިއަން ޑޮލަރުގައި އޮތް ބަޖެޓު 1.5 ޓްރިލިއަން ޑޮލަރަށް ބޮޑުކުރުމަށް ޓްރަމްޕް ބޭނުންވާއިރު، މީގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ޚަރަދުކުރުމެވެ.

މި ބިލާ ގުޅޭގޮތުން ޚިޔާލުފާޅުކުރަމުން ރިޕަބްލިކަން މެންބަރު ތޯމަސް މާސީ ބުނީ، މި ބިލުގެ ސަބަބުން އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީއާއި ސަޕްލައި ޗެއިންތައް އިސްރާއީލުގެ އަސްކަރިއްޔާއާ މަސްހުނިވެގެންދާނެ ކަމަށެވެ. މިއީ ގައުމުގެ މިނިވަންކަމަށް އޮތް "ޚިޔާނާތެއް" ކަމަށް ސިފަކޮށް، ސެނެޓުން މި ބިލު ފާސްނުވުމަށް އޭނާ އުއްމީދުކުރާ ކަމަށް ބުންޏެވެ.

އިސްރާއީލަށް އަސްކަރީ އެހީތެރިކަން ދިނުން ހުއްޓާލުމަށް އެމެރިކާގެ ގިނަ ރައްޔިތުން ގޮވާލަމުންދާ ދަނޑިވަޅެއްގައި، މި ބިލުގެ ދަށުން އިސްރާއީލާއެކު އޮންނަ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ނިންމުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ސެނެޓުގައި މި ބިލަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވަނީ މި ބިލަކީ އީރާނު ހަނގުރާމައަށް ދެވޭ "ހުއްދަ ކަރުދާހެއް" ކަމަށް ބުނެފއެވެ. އަދި ގައުމުގެ އިޖުތިމާއީ ޕްރޮގްރާމްތަކުން ބަޖެޓު އުނިކުރަމުންދާ ދަނޑިވަޅެއްގައި މިހާ ބޮޑު އަދަދެއް އަސްކަރިއްޔާއަށް ހޭދަކުރުމަށް ޑިމޮކްރެޓުން ދެކޮޅު ހަދައެވެ.

މި ބޮޑު ބަޖެޓުގެ ތެރޭގައި ޔޫކްރެއިނަށް ދޭ އެހީގެ އިތުރުން، ވޯޓުލުމުގެ ނިޒާމަށް ހަރުކަށި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވާ "ސޭވް އެމެރިކާ އެކްޓް" ވެސް ހިމެނެއެވެ. މިއީ އެމެރިކާގެ އިންތިޚާބުތަކުގައި މަކަރު ހަދާކަމަށް ބުނެ ޓްރަމްޕް ކުރައްވާ ތުހުމަތުތަކާ ގުޅިގެން ގެންނަން އުޅޭ ބަދަލުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.