އިރާން ފޮރިން މިނިސްޓްރީ ގެ ސްޕޯކްސްމަން -
ދުނިޔެ
14 Jul 2026 | 12:09
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން

އެމެރިކާއިން ވަޢުދުތަކާ ޚިލާފުވަމުންދާހާ ހިނދަކު އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

މި އިންޒާރު ދިނީ ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީއެވެ.

ބަޤާއީ ވިދާޅުވި ގޮތުގައި ފެށުނީއްސުރެވެސް އީރާނުގެ ސްޓޭންޑް ބަދަލެއް ނުވެއެވެ.

"ފެށުނީއްސުރެ ބުނަމުން އައީ 'ވަޢުދުގެ ބަދަލުގައި ވަޢުދު' ދިނުމުގެ ވާހަކަ. އެމެރިކާއިން ވަޢުދުތަކަށް ނުފުއްދާނަމަ އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދާނަން" ސެމީ-އޮފިޝަލް ތަސްނިމް ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމުގައި ބަޤާއީ ވިދާޅުވިއެވެ.

މީގެ އިތުރުން އެއްބަސްވުމުގެ ތަފާތު ބައިތަކަށް ތަފާތު ބަހަނާތައް ދައްކައިގެން އެމެރިކާއިން ފުށުއަރުވަމުން ގެންދާ ކަމަށްވެސް އޭނާ ދެންނެވިއެވެ.

ބަޤާއީ ވިދާޅުވީ މި އެއްބަސްވުން މިހާރު "ކްރައިސިސް ފޭސް" އަކަށް ވަދެފައިވާ ކަމަށެވެ.

"އެމެރިކާއިން ވަޢުދުތަކާ ޚިލާފްވަމުންދާހާ ހިނދަކު އިސްލާމިކް ރިޕަބްލިކް އޮފް އީރާނުންވެސް ބަދަލުގައި ކުރަން އެއްބަސްވި ކަންކަން ނުކުރާނެ"  އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރަޙައްދުގައި ހަނގުރާމައިގެ ހަރަކާތްތައް ބޮޑުވަމުންދިޔަ ނަމަވެސް ޑިޕްލޮމަސީއަކީ "މިހާރުވެސް ބޭނުންކުރެވޭ ވަސީލަތެއް" ކަމުގައި ބުނެ ގައުމީ މަސްލަޙަތު ރައްކާތެރިކުރުމަށް ކޮންމެ ވަސީލަތެއްވެސް ބޭނުންކުރައްވާނެ ކަމަށް ބަޤާއީ ވިދާޅުވިއެވެ. އީރާނުން ފަހަކަށްއައިސް ގަތަރާއި ޢުމާނުގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށާއި ޕާކިސްތާނާވެސް ގުޅުން ބާއްވަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރަޙައްދުގެ އެއްވެސް ޤައުމަކަށް އީރާނުން ޙަމަލާދީފައި ނުވާނެ ކަމަށާއި ދޭން ނުވެސް ދާނެ ކަމަށް ބަޤާއީ ވިދާޅުވިއެވެ. އީރާނުގެ ސަރަޙައްދީ ފިޔަވަޅުތައް އަމާޒުކުރީ އީރާނަށް ޙަމަލާދިނުމަށް އެމެރިކާ ބޭނުންކުރާ ބޭސްތަކާއި ސަޕޯޓިންގ ފެސިލިޓީސްއަށް އެކަނި ކަމަށާއި ފަހަރެއްގައި އީރާނަށް ޙަމަލާދިނުމަށް ބޭނުންކުރެވޭ ކޮންމެ ސަރަޙައްދެއް ނުވަތަ ޤައުމެއްގެ ބައެއްވެސް އީރާނުގެ ދިފާޢީ ފިޔަވަޅުތަކުގެ ދަށަށް ވަންނާނެ ކަމަށް އޭނާ ބުންޏެވެ.

ސްޓްރެއިޓް އޮފް ހޮރްމުޒުގައި ވިޔަފާރި ބޯޓުތަކަށް ދިން ޙަމަލާތަކާ ގުޅިގެން އީރާނުގެ ފެސިލިޓީސްތަކަށް އެމެރިކާއިން ދިން ޙަމަލާތަކާއެކު ތެހެރާނާއި ވޮޝިންޓަން ދެމެދު ފިއްތުންތައް ބޮޑުވަމުން ދިޔައެވެ. މީގެ ބަދަލުގައި ސަރަޙައްދުގައި ހުރި އެމެރިކާގެ ސަރަޙައްދީ ފެސިލިޓީސްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ޙަމަލާދީފައިވެއެވެ.

ޖޫން 17 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ހަރަކާތްތައް ކުޑަކޮށް ހޮރްމޯޒް ކަނޑުއޮޅިން ދަތުރުކުރެވޭގޮތް ހެދުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ