ހޮރްމުޒް ކަނޑުއޮޅި- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
12 Jul 2026 | 14:34
އެމެރިކާގެ ވަރުގަދަ ހަމަލާތަކެއް އީރާނަށް؛ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، މި ހަފުތާގެ ތެރޭގައި ތިންވަނަ ފަހަރަށް ދެވުނު މި ހަމަލާތައް އަމާޒުކުރީ އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ސައިޕްރަސްގެ ދިދަ ޖަހާފައިވާ 'އެމް.ވީ ޖީ.އެފް.އެސް ގެލެކްސީ' ނަމަކަށް ކިޔާ އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.

މި ހަމަލާގެ ސަބަބުން އެ އުޅަނދުގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދަތުރު ނުކުރެވޭ ވަރުވެފައިވާ އިރު، އުޅަނދުގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. ޔޫ.ކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނި ގޮތުގައި އުޅަނދުގެ ފަޅުވެރިންނަށް ވަނީ އުޅަނދު ދޫކޮށްލުމަށް މަޖުބޫރުވެފައެވެ.

އެމެރިކާގެ މި ހަމަލާތަކުގައުލި އީރާނުގެ 140 އަސްކަރީ އަމާޒަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި މިސައިލާއި ޑްރޯން ފޮނުވާ ސަރަހައްދުތަކާއި، މުވާސަލާތީ ނެޓްވޯކްތަކުގެ އިތުރުން އައްސޭރިފަށުގެ ފާރަވެރިވާ މަރުކަޒުތައް ހިމެނެއެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުނީ، އީރާނުން ނިންމީ ނުބައި ނިންމުމެއް ކަމަށާއި، މިހާރު އޭގެ އަގު އެ ގައުމުން ދައްކަން ޖެހޭނެ ކަމަށެވެ.

މި ހަމަލާތަކަށް ރައްދުދެމުން އައި.އާރު.ޖީ.ސީ އިން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށް ހަމަލާދީފައެވެ. މީގެ އިތުރުން ޔޫ.އޭ.އީ، ގަތަރު، ކުވެއިތު އަދި ބަހްރޭނަށް ވެސް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ބުނީ މިއީ ބަދަލުހިފުމުގެ "ފުރަތަމަ މަރުހަލާ" ކަމަށާއި، އުރުދުންގެ ޕްރިންސް ހަސަން އެއާ ބޭސްގެ ކޮމާންޑް ސެންޓަރާއި ޑްރޯން ހޭންގަރުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ.

މި ހަމަަނުޖެހުންތައް ފެށުނީ މި ހަފުތާގެ ކުރީކޮޅު މުދާ އުފުލާ ތިން ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. އީރާނުން ބުނަމުންދަނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ ހަމައެކަނި އެ ގައުމުން ހުއްދަދޭ މަގަކުން ކަމަށެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެއްފަރާތުން ނިންމާ ނިންމުންތަކުގެ ޒަމާން މިހާރު މާޒީވެފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ މި ހަމަލާތަކާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.