މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހޫމް މުހައްމަދު އާރިފް (ބަކާ) އާއި ގޯލް ކީޕަރު މަރުހޫމް އިބްރާހިމް އިފްރާހު އަރީފްގެ ހަނދާނަށް ހާއްސަކޮށްފިއެވެ.
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި އެވޯޑް ހަފްލާގައި ބަކާގެ ފަރާތުން އެވޯޑާ ހަވާލުވީ، ދަރިފުޅު ޔޫސުފް އަލާލީ އެވެ. ކޯޗް ސާންތީގެ ފަރާތުން ކޮއްކޮ އަހްސަން އަބްލް ޣަނީ އެވޯޑާ ހަވާލުވިއިރު، ގޯލްކީޕަރު އިފްރާގެ ފަރާތުން އެވޯޑާ ހަވާލުވީ، އޭނާގެ ހުވަފަތް އަންހެނުން ޝިފާޒާ އާއި ކޮއްކޮ އަބްދުﷲ އައިހަމް އެވެ.
މީގެ ތެރެއިން ކޯޗް ސާންތި ނިޔާވެފައިވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ކުރީގެ އެއްވަނަ މިޑްފީލްޑަރު ބަކާ ނިޔާވީ ހައްޖުގެ މަތިވެރިއަޅޫކަން އަދާކުރުމަށްފަހު މާލެ އައިފަހުން ހާލު ގޯސްވެ 2024 ވަނަ އަހަރުގެ ޖޫންމަހު އެވެ. އަދި ގޯލް ކީޕަރު އިފްރާ ނިޔާވީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރުމަހު ސްޓްރޯކެއްޖެހިގެންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists