އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
15 Jul 2026 | 09:01
އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބަރިޖުތަކަށް އަންނަ ހަފުތާގައި ހަމަލާދޭނަން: ޓްރަމްޕް

އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް އީރާނުން ނައިސްފިނަމަ، އަންނަ ހަފުތާއިން ފެށިގެން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، އީރާނަށް މިހާރު ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

"އަހަރެމެން އެމީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން މިދަނީ. އައްސޭރިފަށުގައި ހުރި ހުރިހާ ތަނަކަށް މިދަނީ ހަމަލާދެމުން. އަދި އަހަރެން ފުދިއްޖެއޭ ބުނަންދެން މި ހަމަލާތައް ކުރިއަށްދާނެ،" ޓްރަމްޕް ބުންޏެވެ.

ހަކަތައާ ގުޅޭ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުން ބާއްވާނީ އެންމެ ފަހަށް ކަމަށާއި، ނަމަވެސް އެންމެ ފަހުން އެ ތަންތަނަށްވެސް ހަމަލާދޭނެ ކަމަށެވެ.

"މިރެއާއި މާދަމާ ރޭވެސް އަދި އޭގެ އަނެއް ރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނަން. ނަމަވެސް އަންނަ ހަފުތާ ވެގެންދާނީ އެމީހުންނަށް ވަރަށް ނުރައްކާތެރި ހަފުތާއަކަށް. އެއީ އަންނަ ހަފުތާގައި އަހަރެމެން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބްރިޖުތަކާއި ހަލާކުކޮށްލާނެތީ. އެމީހުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ ހުރިހާ ކަރަންޓު މަރުކަޒުތަކަކާއި ބްރިޖުތައް ގޮއްވާލާނަން،" ޓްރަމްޕް އިތުރަށް ބުންޏެވެ.

މީގެ އިތުރުން، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރުން 20 އިންސައްތައިގެ ފީއެއް ނެގުމަށް ކުރިން ގެންގުޅުއްވި ޚިޔާލު ޓްރަމްޕް ވަނީ ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި ގަލްފުގެ ގައުމުތަކާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އެއްބަސްވުންތައް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ބުނީ، މިއީ މެދުއިރުމަތީގެ ލީޑަރުންނާއެކު ކުރެވުނު ވަރަށް ކާމިޔާބު މަޝްވަރާތަކަކަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި މި އިންވެސްޓްމަންޓްތަކަކީ އެމެރިކާއަށާއި އެ ގައުމުތަކުގެ މުސްތަގުބަލަށްވެސް ވަރަށް ފައިދާހުރި ބޮޑެތި އިންވެސްޓްމަންޓްތަކަކަށް ވާނެ ކަމަށެވެ.

ޓްރަމްޕް ގަބޫލުކުރާ ގޮތުގައި އީރާނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމެވެ. އަދި މި ބަސްދީގަތުމުގެ އެއް ގަޑިއިރު ކުރިންވެސް އެމެރިކާގެ މަންދޫބުން އީރާނުގެ އޮފިޝަލުންނާ މުއާމަލާތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. އަވަހަށް އެއްބަސްވުމަކަށް އައުން ބުއްދިވެރިވާނެ، އެހެންނޫނީ ސަލާމަތްވާނެ އެކަކުވެސް ނުހުންނާނެ،" ޓްރަމްޕް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.