އެމެރިކާ
15 Mar 2026
ސްވިޓްޒަރލޭންޑް އިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބުނީ ނޫނެކޭ
މިއަދު ސްވިޓްޒަރލޭންޑްގެ ސަރުކާރުން ކުރި އިއުލާނެއްގައި ވިދާޅުވީ އެމެރިކާއިން ވަނީ އެ ޤައުމުގެ ވައިގެ ސަރަހައްދު ދިރާސީ ބޭނުމައްޓަކައި ބޭނުން ކުރުމަށް އެދިފައެވެ. ނަމަވެސް، ސްވިޓްޒަރލޭނޑްގެ އިން ވަކި ކޮޅެއް ހަނގުރާމަަތަކުގައި ނުނެގުމުގެ އުސޫލުގެ މަތިން ވަނީ އެެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާ ކޮށްފައެވެ.
15 Mar 2026
އިސްރާއީލަށާއި އެމެރިކާގެ މަރުކަޒު ތަކަކަށް ވަރުގަދަ ހަމަލާތަކެއް
14 Mar 2026
އުތުރު ކޮރެއާއިން ޖަޕާނު ކައިރިއަށް ބެލަސްޓިކް މިސައިލްތަކެއް ފޮނުވާލައިފި
10 Mar 2026
އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް
އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުނި ފަހުންވެސް އީރާނުގެ ވެރިރަށް ތެހެރާނުގެ އާންމުން ދިރިއުޅޭ ގެތަކަށާއި ސްކޫލްތައް ހުންނަ ސަރަހައްދުތަކަށް އިޒްރޭލާއި އެމެރިކާގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
08 Mar 2026
އީރާނުގެ އަންހެން ކުދިންގެ ސުކޫލަށް ހަމަލާއެއް ނުދެން: ޓްރަމްޕް
އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި 175 ކުދިން މަރުވި ހާދިސާގެ ޒިންމާއިން ރެކެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކޮށްފިއެވެ.
08 Mar 2026
އީރާނުގެ ލީޑަރުންނާއި އަސްކަރިއްޔާ ނައްތާލުމުގެ އިންޒާރު ޓްރަމްޕް ދީފި
އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ދެކޮޅު ހަދައި، އެ ގައުމުގެ އަސްކަރިއްޔާ އާއި ހުރިހާ ލީޑަރުން ނައްތާލައިގެން މެނުވީ ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Mar 2026
ޓްރަމްޕް ފީފާގެ އިހްތިސޯސްގެ ތެރެއަށް; ވިދާޅުވީ އީރާނުން ވަރލްޑްކަޕް ނުކުޅުނަސް ހެޔޮކަމަށް
04 Mar 2026
އެމެރިކާއާ އިޒްރޭލްގެ އަމަލަކީ ފިނޑިކަމުގެ އެންމެ ފިނޑި އަމަލެއް: މައުމޫން
"މިހާރު މިހިނގަމުންދާ ކަންތައްތަކަކީ [އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަކީ] ފިނޑި އަމަލުތަކެއް. ފިނޑިކަމުގެ ކޮޅެއްވެސް ނެތް އަމަލުތަކެއް،"