އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
20 May 2026 | 09:11
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާގެ ސެނެޓުން ނިންމައިފި

ކޮންގްރެސްގެ ހުއްދައަކާ ނުލައި, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި ޤަރާރެއްގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.

މިއީ އެމެރިކާ އާއި އިސްރާއީލުގެ ސިފައިން ގުޅިގެން އީރާނަށް ޙަމަލާދޭން ފެށިތާ 80 ދުވަސް ވެފައިވާއިރު، އަންގާރަ ދުވަހު އެމެރިކާގެ ސެނެޓުން މި ގަރާރު ފާސްވީ 50 ވޯޓު ލިބިގެންނެވެ. މި ޤަރާރާ ދެކޮޅަށް 47 މެންބަރަކު ވޯޓު ދިނެވެ.

ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޕާޓީގެ ނިންމުމާ ޚިލާފަށް، އިދިކޮޅު ޑިމޮކްރެޓުންނާ ގުޅިގެން މި ޤަރާރަށް ތާއީދު ކޮށްފައެވެ. އޭގެ ތެރޭގައި ސެނެޓަރ ރޭންޑް ޕޯލް، ސޫޒަން ކޮލިންސް، ލީސާ މުރްކޯވްސްކީ އަދި ބިލް ކެސިޑީ ހިމެނެއެވެ. ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން މި ޤަރާރާ ދެކޮޅަށް ވޯޓު ދިނީ ހަމައެކަނި ސެނެޓަރ ޖޯން ފެޓަރމަންއެވެ.

މި ނިންމުމަކީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ހަނގުރާމައަށް ސިފައިން ފޮނުވުމުގެ ބާރު އޮންނަންވާނީ ރައީސަށް ނޫން ކަމަށާއި އެއީ ކޮންގްރެސްގެ ބާރެއް ކަމަށް ބުނެ ވަކާލާތު ކުރާ މެންބަރުންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް، މި ޤަރާރު ތަންފީޒުވުމަށް އަދި ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

ސެނެޓުން މި ޤަރާރު ފާސްވިޔަސް، ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން މިއަށް ރުހުން ދޭންޖެހެއެވެ. އަދި ރައީސް ޓްރަމްޕް މި ޤަރާރު ވީޓޯ ކުރާނެ ކަމަށް ބެލެވޭއިރު، އެ ވީޓޯ ބާތިލުކުރުމަށް ދެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ.

މި ޤަރާރު ހުށަހެޅި ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކޭން ބުނީ، ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމަ ނިންމުމަށް އީރާނުން އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައީސް ބުނެފައިވާތީ، މިއީ ކޮންގްރެސްއާ މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. ނަމަވެސް ރައީސް ގެންދަނީ ސުލްޙައިގެ ހުށަހެޅުންތައް ކޮންގްރެސްއާ ހިއްސާކުރުމެއް ނެތި ބޮލާލައިޖަހަމުން ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

1973 ވަނަ އަހަރު ފާސްކޮށްފައިވާ "ވޯ ޕަވަރސް އެކްޓް" ގެ ދަށުން، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދެވޭނީ ގިނަވެގެން 60 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކޮންގްރެސްގެ ހުއްދަ ހޯދަންޖެހެއެވެ. އީރާނު ހަނގުރާމައަށް ދިން 60 ދުވަހުގެ މުއްދަތު މޭ މަހުގެ 1 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ރައީސް ޓްރަމްޕް މޭ 1 ގައި ބުނެފައިވަނީ އީރާނާއެކު އޮތް ދެކޮޅުވެރިކަން "ސީޒްފަޔަރ" އަކާއެކު ނިމިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުންވެސް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، އުޅަނދުތަކަށް ޙަމަލާދެމުންނެވެ. އަދި އީރާނުންވެސް ދަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ އުޅަނދުތަކަށް ޙަމަލާދެމުންނެވެ.

ވައިޓް ހައުސްއާއި ރިޕަބްލިކަން މެންބަރުން ދިފާޢުގައި ބުނެފައިވަނީ ރައީސްގެ މި ޢަމަލުތަކަކީ އެމެރިކާގެ ސަލާމަތަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރާ ކަންކަން ކަމަށެވެ. އަދި ޑިމޮކްރެޓުން މިފަދަ ޤަރާރުތައް ހުށަހަޅަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް އެމީހުން ތުހުމަތު ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.