އެމެރިކާގެ މަނަވަރެއް... ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
29 May 2026 | 20:56
ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާނޭކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލާނެކަމަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް ހޯރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ ފިޔަވަލުތައް އުވާލުމަށް ނިންމާފައިވާކަމަށެވެ. މިކަން ކުރައްވާނީ އީރާނާއެކު ވެވޭ ހާއްސަ އެއްބަސްވުމެއްގެ ދަށުންކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އެގޮތުން މިކަމާ ގުޅޭގޮތުން ކުރިއަށްއޮތް ހޯމަދުވަހު މަޝްވަރާ ބައްދަލުވުންތައް ފެށުމަށް ނިންމާފައިވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޓްރަމްޕްގެ ބައެއް ޝަރުތުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން ނޫޅުމާއި، ހޮރްމޫޒް ކަނޑުއޮޅި ދެކޮޅަށް ވެސް ދަތުރުފަތުރަށް ހުޅުވާލައި، ޓޯލް ފީއެއް ނެގުމެއް ނެތި ބޭނުންކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން އެ ކަނޑުއޮޅީގައި އީރާނުން ހަރުކޮށްފައި ހުރި ހުރިހާ މައިންތައް ނަގަން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ބުނެފައެވެ.

މީގެ އިތުރުން އެންމެ ހާއްސަ އެއް ޝަރުތަކީ، އީރާނުން ބިމު އަޑީގައި ވަޅުލާފައިވާ މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ހޯދައި ނައްތާލުމެވެ. މި ޝަރުތުތައް ފުރިހަމަ ކުރުމުން އީރާނުގެ ބަނދަރުތަކުގައި އެޅި ކަނޑުގެ ހިސާރު ނަގާނެ ކަމަށް ޓްރަމްޕް ވަނީ ޔަގީންކަން ދީފައެވެ.

ޓްރަމްޕް މިފަހަރު އާ ޝަރުތުތަކެއް ކަނޑައެޅިނަމަވެސް އީރާނުން އެންމެ ފަހުންވެސް ބުނެފައިވަނީ، އެމެރިކާ އާއެކު އެޤައުމުން އެއްބަސްވުމަކަށްދާން ބޭނުން ނުވާކަމަށެވެ. ސަބަބަކީ، އިތުބާރު ނެތުންކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް ސުލްހައަކީ އީރާނުން އަބަދުވެސް އިސްކަންދޭ ކަމެއްކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ