ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓްގެ ނަމޫނާ؛ ފޮޓޯ / ސީއެންއެން
ދުނިޔެ
29 Apr 2026 | 10:25
އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ގުޅިގެން ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓް ދޫކުރަނީ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނޭ ޚާއްޞަ ޕާސްޕޯޓެއް ދޫކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން އެ އިދާރާގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވީ، ވޮޝިންގޓަން ޕާސްޕޯޓް އެޖެންސީއަށް ހާޒިރުވެގެން ޕާސްޕޯޓް އާކުރާ ފަރާތްތަކަށް ދޫކުރާ މައިގަނޑު ޕާސްޕޯޓަކީ މިއީ ކަމުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނުވަތަ އެހެން ސަރަހައްދުތަކުން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އަދިވެސް ލިބޭނީ މިހާރުވެސް ބޭނުންކުރަމުންދާ ޕާސްޕޯޓެވެ.

މި ޚާއްޞަ ޕާސްޕޯޓުގެ އެތެރެ ފުށުގައި ޓްރަމްޕްގެ ސޫރައިގެ އިތުރުން ރަން އަކުރުން ޓްރަމްޕްގެ ސޮއި ހިމެނޭނެއެވެ. މީގެ ކުރިން މި މުނާސަބަތާ ގުޅުވައިގެން ހަނދާނީ ފައިސާ ފޮއްޗާއި ނޭޝަނަލް ޕާކް ތަކަށް ވަންނަ ފާހުގައިވެސް ޓްރަމްޕްގެ ސޫރަ ވަނީ ހިމަނާފައެވެ. ނަމަވެސް ޕާސްޕޯޓަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ، އާންމުކޮށް 10 އަހަރުގެ މުއްދަތަށް ބޭނުންކުރާ ރަސްމީ ލިޔުމެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، މި ޕާސްޕޯޓަކީ ތާރީޚީ މުނާސަބަތަކަށް ޚާއްޞަކޮށްގެން ނެރޭ ލިމިޓެޑް އެޑިޝަނެއް ކަމަށެވެ. މީގައި ހިމެނޭ ކުރެހުންތަކާއި ފޮޓޯތަކަށް ބަދަލު ގެނައި ކަމުގައިވީނަމަވެސް، ޕާސްޕޯޓުގެ ސަލާމަތީ ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. މި ޕާސްޕޯޓްތައް ދޫކުރަން ފަށާނީ ކުރިއަށް އޮތް ހޫނު މޫސުމުގައެވެ. ނަމަވެސް މިފަދަ ކިތައް ޕާސްޕޯޓް ދޫކުރާނެ ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މި ޕާސްޕޯޓުގެ ފަހަތު ކަވަރުގައި ޖޯން ޓްރަމްބުލްގެ މަޝްހޫރު "ޑިކްލަރޭޝަން އޮފް އިންޑިޕެންޑެންސް" ބިނާކޮށް ކުރަހާފައިވާ ކުރެހުމެއް ހިމެނޭނެއެވެ. މިހާރު އެމެރިކާގެ ޕާސްޕޯޓްތަކުގެ އެތެރެ ފުށުގެ ކުރީ ކަވަރުން ފެންނަނީ، ފޯޓް މެކްހެންރީއަށް ބޮން އެޅި ރޭގެ އަނެއް ދުވަހުގެ ހެނދުނު ފްރާންސިސް ސްކޮޓް ކީ ފެންނަ މަންޒަރު ދައްކުވައިދޭ، ޕާސީ މޯރަންގެ ކުރެހުމެކެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމް ލިޔުމަށް ކީއަށް ހިތްވަރު ލިބުނު ހަނގުރާމައެވެ. މީގެ އިތުރުން، އެ ގައުމީ ސަލާމުގެ ބައެއް ބައިތައްވެސް އެތެރެ ފުށުގެ ކުރީ ކަވަރުގައި ލިޔެފައިވެއެވެ

މި ބަދަލަކީ އެމެރިކާގެ އެކި ދާއިރާތަކުން ޓްރަމްޕްގެ ނަމާއި ސޫރަ ބޭނުންކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އެއް ނިންމުމެވެ. މިގޮތުން ނޭޝަނަލް ޕާކް ފާސްތަކުގައި ޓްރަމްޕާއި ޖޯޖް ވޮޝިންގޓަންގެ ސޫރަ ހިމަނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ކެނެޑީ ސެންޓަރާއި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްގައިވެސް ޓްރަމްޕްގެ ނަން ވަނީ ހަރުކުރެވިފައެވެ. މިއީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.