ޓްރަމްޕްގެ ނޫސްވެރިންވެ ބައްދަލުވުން-
ދުނިޔެ
26 Apr 2026 | 11:18
ބަޑިޖެހި މީހާ އުޅުނީ އަހަރެން މަރާލަން: ޓްރަމްޕް

އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ" ހަފްލާގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ބޭރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ކުރިއަށްދިޔަ މި އަހަރީ ގާލާ ހަފްލާގެ ބޯލްރޫމުން ބޭރުގައި ބަޑިޖަހަން ފެށުމާއެކު، ސެކިއުރިޓީން ވަނީ ވަގުތުން ރައީސް ޓްރަމްޕް ސްޓޭޖުން ބާލާފައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބަޑީގެ އަޑު އިވުމާއެކު ހަފްލާގެ ބައިވެރިން ވަނީ މޭޒުތަކުގެ ފަހަތަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި ރައީސް ޓްރަމްޕާއި، ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް އަދި ކެބިނެޓްގެ އެއްވެސް މެންބަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ، ގިނަ އަދަދެއްގެ ހަތިޔާރާއެކު ހުރި މީހަކު ސެކިއުރިޓީ ޗެކްޕޮއިންޓަށް ހަމަލާދޭން އުޅުމުން ސީކްރެޓް ސަރވިސް އިން އޭނާ ހުއްޓުވާފައިވާ ކަމަށެވެ.

ބަޑިޖެހި މީހާ 

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، އެ މީހާގެ އަމާޒަކީ އޭނާ މަރާލުން ކަމަށެވެ. އަދި އެއީ "ވަރަށް ސިކް މީހެއް" ކަމަށާއި، އޭނާ ހަމަލާދިނީ އެމެރިކާގެ ގާނޫނުއަސާސީއަށް ކަމަށްވެސް ޓްރަމްޕް ސިފަކުރިއެވެ.

މި ހަމަލާގައި ސީކްރެޓް ސަރވިސްގެ އޮފިސަރެއްގެ ގަޔަށް ބަޑިޖަހާފައިވީ ނަމަވެސް، އޭނާ ލައިގެން ހުރި ވަޒަން ނާރާ ވެސްޓްގެ ސަބަބުން ފުރާނަ ސަލާމަތްވެ، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޓްރަމްޕް ބުންޏެވެ.

"މިއީ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި އަޅުގަނޑަށް ހަމަލާދީ، މަރަން އުޅުނު ފުރަތަމަ ފަހަރެއް ނޫން،" ޓްރަމްޕް ބުންޏެވެ.

ސީކްރެޓް ސަރވިސް އިން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ ސެކިއުރިޓީ ބަލާ ފާސްކުރާ ސަރަހައްދެއްގައެވެ. މި ހާދިސާއާ ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޯމަސް އެލަންއެވެ.

އެފްބީއައިގެ ޑިރެކްޓަރ ކާޝް ޕަޓޭލް ވިދާޅުވީ، ހަމަލާދިން މީހާގެ ފަސްފަހަތް ބަލަމުން އަންނަ ކަމަށާއި، އާންމުންގެ އަތުގައި އެއްވެސް މައުލޫމާތެއް އޮތް ނަމަ އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ޔޫއެސް އެޓަރނީ ޖަނީން ފެރިސް ޕީރޯ ބުނީ، އެ މީހާގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އޮފިސަރުންނަށް ހަމަލާދިނުމުގެ ދައުވާ އުފުލާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ހުރިހާ ރައްޔިތުންވެސް އެމީހުންގެ މެދުގައި ހުރި ތަފާތުތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާފައެވެ.

ހަމަލާ ދިން ވަގުތު ތުހުމަތުކުރެވޭ މީހާ ބިމަށް ވައްޓާލާފައި އޮތް ފޮޓޯތަކެއް ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.