ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް-
ދުނިޔެ
13 May 2026 | 08:54
އީރާނު ހަނގުރާމަ ނިންމުމަށް ޗައިނާގެ އެހީ ބޭނުމެއް ނުވޭ؛ އެކަނިވެސް އެކަން ވާނެ: ޓްރަމްޕް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިމިވަނީ، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އޮތް އުއްމީދުތައް ކުޑަވެ، ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރު އީރާނުން އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ބެއިޖިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ސަމިޓުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އެހީ ހޯދަންޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވީ ނަމަވެސް، އެމެރިކާއަށް އަމިއްލައަށް މިކަން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ޓްރަމްޕް ބުންޏެވެ.

"އީރާނުގެ މައްސަލައިގައި އެއްވެސް ބައެއްގެ އެހީ ބޭނުންވާނެ ކަމަކަށް އަހަރެން ނުދެކެން. ސުލްހަވެރިކަމާއެކު ނުވަތަ އެނޫން ގޮތަކުން ވިޔަސް، އަހަރެމެން މިކަމުން ކާމިޔާބު ހޯދާނަން،" ޓްރަމްޕް ބުންޏެވެ.

ދެފަރާތުގެ މެދުގައި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮންނާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިއުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، އީރާނުން ދަނީ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށް، އެ ސަރަހައްދުން ތެލާއި ގޭސް ބޭރުކުރުމަށް އިރާގާއި ޕާކިސްތާނާއެކު އެއްބަސްވުންތަކެއް ގާއިމުކުރަމުންނެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެހެން ގައުމުތަކުން ވެސް ދަނީ މިފަދަ އެއްބަސްވުންތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މިއީ އެ ސަރަހައްދުގެ މައްޗަށް އީރާނުގެ ބާރު ދާއިމީ ގޮތެއްގައި ދެމިއޮތުމަށް މަގުފަހިވެދާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ހާމަކުރި ގޮތުގައި، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެއްވެސް ގައުމަކަށް ފީ ނުވަތަ "ޓޯލް" ނެގުމުގެ ހައްގު އޮވެގެން ނުވާނެ ކަމަށް އެމެރިކާއާއި ޗައިނާގެ އިސް އޮފިޝަލުން މިދިޔަ މަހު ވަނީ އެއްބަސްވެފައެވެ. އީރާނާއެކު ގާތް ގުޅުމެއް ބާއްވާ އަދި އެ ގައުމުން ގިނަ އަދަދަކަށް ތެޔޮ ގަންނަ ޗައިނާއިން މި ވާހަކައަށް އިންކާރެއް ނުކުރެއެވެ.

ބުރާސްފަތި އަދި ހުކުރު ދުވަހު ރައީސް ޝީއާއެކު ބާއްވާ ބައްދަލުވުންތަކުގައި ޓްރަމްޕް މި މައްސަލައާ މެދު މަޝްވަރާ ކުރާނެއެވެ. އެމެރިކާގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުތައް ދޫކޮށްލުން ހިމެނެއެވެ. ނަމަވެސް އީރާނުން ވަނީ ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށާއި، އަދި ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުމަށް ޝަރުތުކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އިސްރާއީލުން ލުބުނާނުގައި އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުން ވެސް ހިމެނެއެވެ.

އީރާނުގެ މި ހުށަހެޅުންތަކަށް ރައްދުދެމުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ ޝަރުތުތަކަށް ބޯނުލަނބާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ކުރިއަށް އޮތް ބެއިޖިންގް ސަމިޓުގައި ޗައިނާގެ ރައީސް މެދުވެރިކޮށް އީރާނަށް ޕްރެޝަރު ބޮޑުކުރުމަށް ޓްރަމްޕް މަސައްކަތް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ ވާހަކަތަކުން މިހާރު ދޭހަވަނީ މި މައްސަލައިގައި އެމެރިކާއިން އިސްކަންދެނީ އަމިއްލަ ބާރުގައި ކަންކަން ނިންމުމަށް ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ