އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ރޮއިޓާސް
ދުނިޔެ
02 May 2026 | 09:02
އެމެރިކާގެ ބާރުގެ ދަށަށް ކިއުބާ ގެންދާނަން: ޓްރަމްޕް

ކިއުބާގެ ކޮންޓްރޯލް ވަރަށް އަވަހަށް އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފްލޮރިޑާގައި ބޭއްވި ހަފުލާއެއްގައި އިއްޔެ ވާހަކަދައްކަވަމުން ޓްރަމްޕް ބުނި ގޮތުގައި، ކިއުބާގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެ ގައުމަކީ އެމެރިކާއިން ދެން ހިފާނެ ގައުމު ކަމަށެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ކިއުބާގެ އައްސޭރިފަށަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" ފަދަ މަނަވަރެއް، ކިއުބާގެ އައްސޭރިފަށާ ގާތްގަނޑަކަށް 100 ޔާޑު ކައިރިއަށް މަޑުކުރުވާނެ ކަމަށް ޓްރަމްޕް ބުނިއެވެ. މި ފަދަ އަމަލެއްގެ ސަބަބުން ކިއުބާއިން އަމާންދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ.

ޓްރަމްޕް ދެއްކި ވާހަކަ

ޓްރަމްޕް ވަނީ ކިއުބާގެ ސަރުކާރުގެ އިސްވެރިންނާއި، އެ ސަރުކާރަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ މަގްސަދަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ކުޑަކުރުން ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފައިވެއެވެ. މި އަމުރުގެ ދަށުން ކިއުބާގެ ހަކަތަ، ދިފާއީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި ފަރާތްތަކަށް ފިޔަވަޅު އެޅޭނެއެވެ.

ކިއުބާއާ ދެކޮޅަށް އެމެރިކާއިން މިހާރުވެސް ވަނީ ތެޔޮ އެތެރެކުރުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ސަބަބުން ކިއުބާގައި ހަކަތައިގެ ބޮޑު ކްރައިސިސްއެއް އުފެދި، މުޅި ގައުމުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެމެރިކާއިން ދަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ އެހެން ގައުމުތަކަށްވެސް ޓެރިފް އިތުރުކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ކިއުބާގެ ފޮރިން މިނިސްޓަރު ވަނީ އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. މި މައްސަލައިގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.