އިންޑިއާގެ ބޮޑުވަޒީރު، މޯދީ އަދި ރައީސް ޓްރަމްޕް؛ ފޮޓޯ / ބްލޫމްބާރގ
ދުނިޔެ
26 Apr 2026 | 10:07
ޓްރަމްޕް ސަލާމަތުން ހުރީތީ އުފާކުރަން: މޯދީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާއި ގުޅިގެން، ޓްރަމްޕް ސަލާމަތުން ހުންނެވުމުން އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ވޮޝިންގްޓަން ހިލްޓަން ހޮޓަލުގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް" ހަފުލާގައެވެ.

ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕާއި، އަނބިކަނބަލުން މެލަނިއާ ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ތިއްބެވިކަން އެނގުމުން ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މޯދީގެ ޕޯސްޓް

ޑިމޮކްރަސީއެއްގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތްކަން ފާހަގަކުރައްވަމުން، މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މިއީ 2024 ވަނަ އަހަރުން ފެށިގެން ރައީސް ޓްރަމްޕަށް އަމާޒުކޮށް ދެވުނު މިފަދަ ތިންވަނަ ހަމަލާއެވެ.

ހަތިޔާރު އެޅި މީހަކު ހޮޓަލުގެ ލޮބީ ތެރެއަށް ވަދެ، ހަފުލާ ކުރިއަށްދިޔަ ހޯލާ ދިމާލަށް ބަޑިން ހަމަލާދޭން ދަނިކޮށް ސީކްރެޓް ސާވިސްގެ އޭޖެންޓުން ވަނީ އެމީހާ އަތުލައިގަނެ ހައްޔަރުކޮށްފައެވެ. މި ހާދިސާގައި އޭނާގެ ބަޑި ޖަހައި އެއް އޮފިސަރަކު ޒަހަމްކޮށްފައިވާއިރު އިތުރު އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާއަށްފަހު ރައީސް ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްއާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. އަދި ހަމަލާދިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ތަހުގީގު ކުރިއަށްދާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.