އެމެރިކާގެ ފުލުހެއް ހަރަކާތްތެރިވަނީ-
ދުނިޔެ
24 May 2026 | 09:08
ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް؛ ”ހަމަލާތައް ދިން މީހާ ސީކްރެޓް ސާވިސްގެ ހަމަލާތަކުގައި މަރުވެއްޖެ“

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކޮމްޕްލެކްސް ކައިރީގައި ހޮނިހިރު ދުވަހު ބަޑީގެ ހަމަލާތަކެއް ދިން މީހަކު، ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެ ކަމަށް ޔޫއެސް ސީކްރެޓް ސާވިސްއިން ހާމަކޮށްފިއެވެ.

ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު، ވައިޓް ހައުސްގެ ގޯތިތެރެއިން ބޭރުގައި އޮންނަ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު އެންޑަބްލިއު ގުޅުނު ސަރަހައްދުގައެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ބޭނުންކުރީ އޭނާ ގެންގުޅުނު ދަބަހުން ނެގި ބަޑިއެކެވެ. 

"ސީކްރެޓް ސާވިސްގެ ފުލުހުން ވަނީ ރައްދުގައި ހަމަލާދީ އެ މީހާގެ ގަޔަށް ބަޑިޖަހާފައި. އޭނާ ވަގުތުން އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފައި،" ސީކްރެޓް ސާވިސްގެ ބަޔާނުގައިވެއެވެ.

މި ހާދިސާގައި މަގުމަތިން ދިޔަ އާންމު މީހެއްގެ ގަޔަށްވެސް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް އެމީހާގެ ހާލަތާ ބެހޭ އެންމެ ފަހުގެ ތަފްސީލެއް އަދި އާންމެއް ނުކުރެއެވެ. މި ހާދިސާގައި ސީކްރެޓް ސާވިސްގެ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ވައިޓް ހައުސްގެ އެތެރޭގައެވެ. އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަޑީގެ ހަމަލާތައް ދިން ވަގުތު ރައީސް ޓްރަމްޕް އިނީ އޯވަލް އޮފީހުގައި ސްޓީވަން ޗިއަންގް، ނަޓަލީ ހާޕް އަދި މާގޯ މާޓިން އާއެކުގައެވެ. ސީކްރެޓް ސާވިސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގެ ސަބަބުން ރައީސްގެ ސަލާމަތަށް ނުވަތަ ވައިޓް ހައުސްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ.

މި ހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެފްބީއައިގެ ޑައިރެކްޓަރު ކާޝް ޕަޓޭލް ބުނީ، އެފްބީއައިގެ އޮފިސަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ސީކްރެޓް ސާވިސްއަށް ތަހުގީގުގައި އެހީތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ވޮޝިންޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

ބަޑީގެ ހަމަލާތަކާ ގުޅިގެން ވައިޓް ހައުސް ވަގުތީ ގޮތުން ލޮކްޑައުން ކުރި ނަމަވެސް، ފަހުން ވަނީ އެ ފިޔަވަޅުތައް އުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.