ސްޕިރިޓް އެއާލައިންސް؛ ފޮޓޯ / އޭބީސީ ނިއުސް
ވިޔަފާރި
02 May 2026 | 19:34
ސްޕިރިޓް އެއާލައިންސްގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލައި އުވާލަނީ

އެމެރިކާގެ މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމުގައިވާ، ސްޕިރިޓް އެއާލައިންސްގެ ދުނިޔޭގެ ހުރިހާ އޮޕަރޭޝަންތަކެއް އިއްޔެ އިން ފެށިގެން ހުއްޓާލައި، ކުންފުނީގެ ވިޔަފާރި އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މި ނިންމުމާއެކު އެ އެއާލައިންގެ ހުރިހާ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފައެވެ. އަދި ކަސްޓަމަރުން އެއާޕޯޓަށް ނުދިއުމަށް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ.

ސްޕިރިޓް އެއާލައިންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމަށާއި، ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ނުލިބުމާ ގުޅިގެންނެވެ. އެމެރިކާ ސަރުކާރާއެކު ކުރިއަށްދިޔަ މަޝްވަރާތައް ކާމިޔާބު ނުވުމުން، އިތުރު ފައިސާ ހޯދޭނެ އެއްވެސް މަގެއް ނެތް ކަމަށް ކުންފުނީގެ ސީ.އީ.އޯ ޑޭވް ޑޭވިސް ވަނީ ވިދާޅުވެފައެވެ.

<br>

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބެންކްރަޕްސީއަށް ހުށަހެޅި މި އެއާލައިންއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގު އިންތިހާއަށް އުފުލުމާއި، ޖެޓްބްލޫ އެއާލައިންސްއާ އެކު ކުރަން އުޅުނު މާޖާ މުއާމަލާތް ކޯޓުން ހުއްޓުވުމެވެ. މީގެ އިތުރުން ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއެކު ހަރަދުތައް އިތުރުވެ، ދަރަނިތައް އަދާނުކުރެވޭ މިންވަރަށް ކުންފުނީގެ މާލީ ހާލަތު ވަނީ ގޯސްވެފައެވެ.

ސްޕިރިޓް އެއާލައިނުގެ ވިޔަފާރި ހުއްޓާލަން ނިންމުމާ ގުޅިގެން ގާތްގަނޑަކަށް 17,000 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެއެވެ. އަދި 33 އަހަރަށްވުރެ ގިނަ ދުވަސްވީ މި އެއާލައިން ހުއްޓާލުމަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ސްޕިރިޓް އެއާލައިނުން ބުނެފައިވަނީ، އެއާލައިން މެދުވެރިކޮށް ސީދާ ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކަށް ރިފަންޑް ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކުން އެ އޭޖެންޓުންނާ ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ