އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
05 May 2026 | 08:12
އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފިނަމަ އީރާން ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް އީރާނުން ހަމަލާދީފިނަމަ، އެ ގައުމު "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

"ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިމާޔަތް ދެމުންދާއިރު، އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން އެއްވެސް ހަމަލާއެއް ދީފިނަމަ އީރާން ބިމާ ހަމަކޮށްލާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް މި އިންޒާރު ދިނީ ހޯރްމޫޒް ކަނޑުއޮޅީގައި އޮތް އެމެރިކާގެ މަނަވަރަކަށް އީރާނުގެ މިސައިލް ހަމަލާތަކެއް އެރި ކަމަށް ބުނެ އީރާނުން ފަތުރަމުންދާ ރިޕޯޓްތަކާ ގުޅިގެންނެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ވިޔަފާރި އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކުރި އީރާނުގެ ކުދި ބޯޓުތަކެއް ވަނީ ފައްތާލާފައެވެ. އަދި އެމެރިކާގެ ހިމާޔަތުގައި ޑެންމާކުގެ މާސްކް ކުންފުނީގެ އުޅަނދެއް ރައްކާތެރިކަމާއެކު އެ ސަރަހައްދު ހުރަސްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސޯޝަލް މީޑިއާގައި ވިދާޅުވީ، ހޯރްމޫޒްގައި ހިނގަމުންދާ ކަންކަމުން އެނގެނީ ސިޔާސީ މައްސަލަތަކަށް އަސްކަރީ ހައްލެއް ނެތްކަން ކަމަށެވެ. އަދި ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، އެމެރިކާ އާއި ޔޫއޭއީ އިން މި ދަންތުރައިގައި ނުޖެހުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީި، ކުރިއަށް އޮތީ ދެ މަގެއް ކަމަށެވެ. އެއީ ރަނގަޅު އެއްބަސްވުމަކަށް އައުން ނުވަތަ އަސްކަރީ ހަރަކާތްތައް އަލުން ފެށުން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތަކަކީ މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އެއް އޮޕަރޭޝަން ކަމަށާއި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ދޫދެމުންދާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ،

ޓްރަމްޕް މީގެ ކުރިންވެސް ވަނީ އީރާނަށް މިފަދަ ވަރުގަދަ އިންޒާރުތަކެއް ދިފައެވެ. އެގޮތުން އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވެއްޖެނަމަ މުޅި ހަޟާރާތް ނެތިދާނެ ކަމަށް ބުބެފައިވެއެވެ. އެކަމާގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.