އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް؛ ފޮޓޯ / ޕޮލިޓިކޯ
ދުނިޔެ
29 Apr 2026 | 09:47
ރަސްގެފާނު ޗާލްސް، ޓްރަމްޕަށް: އިނގިރޭސިވިލާތް ނެތްނަމަ އެމެރިކާ މީހުން ވާހަކަދައްކާނީ ފަރަންސޭސި ބަހުން

އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވުނު ރަސްމީ ހަފްލާއެއްގެ ތެރެއިން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާރީޚީ ހަގީގަތްތަކަކަށް ބިނާކޮށް މަޖާޒީ ރައްދެއް ދެއްވައިފިއެވެ.

ރަސްގެފާނު މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްގެ އީސްޓް ރޫމްގައި ބޭއްވި ދައުލަތުގެ ޖާފަތެއްގެ ތެރެއިންނެވެ.

މި ހަފްލާ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވަނީ، މީގެ ކުރިން ރައީސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ އެހީތެރިކަން ނެތްނަމަ ޔޫރަޕްގެ ގައުމުތަކުގައި މިއަދު ވާހަކަ ދައްކާނީ ޖަރުމަނު ބަހުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ބަހަށް ރަސްގެފާނު ރައްދު ދެއްވިއެވެ. އެގޮތުން ރަސްގެފާނު ޓްރަމްޕަށް ރައްދު ދެމުން ވިދާޅުވީ، އިނގިރޭސިވިލާތުގެ އެހީތެރިކަން ނެތްނަމަ އެމެރިކާގެ ރައްޔިތުން މިއަދު ވާހަކަ ދައްކާނީ ފަރަންސޭސި ބަހުން ކަމަށެވެ.

ރަސްގެފާނު ޗާލްސް ދެއްކި ވާހަކަ ފެންނަ ވީޑިއޯއެއް

މީގެ އިތުރުން، ރަސްގެފާނު ވަނީ 1814 ވަނަ އަހަރު އިނގިރޭސި ސިފައިން ވައިޓް ހައުސްގައި ރޯކޮށްލި ހާދިސާއަށް އިޝާރާތް ކުރައްވައި، އެއީ ވައިޓް ހައުސް "މަރާމާތު" ކުރުމަށް އިނގިރޭސިން ކުރި މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި މަޖާ ޖޯކުތަކެއް ވެސް ޖައްސަވާފައެވެ. މި ވާހަކަތަކާއެކު ހަފްލާގެ މަސްރަހު ވަރަށް ބޮޑަށް ހިނިގަނޑަކަށް ބަދަލުވެގެން ދިޔައެވެ.

ޓްރަމްޕް ވަނީ ރަސްގެފާނުގެ މި ވާހަކަފުޅުތަކަށް ތައުރީފު ކުރައްވައި، ރަސްގެފާނު އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަގުރީރަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ "ޚާއްސަ ގުޅުން" ފާހަގަކުރައްވަމުން، ރަސްގެފާނު ވަނީ ދެ ގައުމުގެ މާޒީއާއި ކުރިމަގުގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ