އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި އޮސްޓްރޭލިއާގެ ވޯޓަރ ޕެޓްރޯލް އޮސްޓްރޭލިއާ ގުޅިގެން ޒުވާނުންނަށް މޫދުގެ ރައްކާތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ "މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް" (އެމް.ޖޭ.އެލް.ޕީ) ކ. ތުލުސްދޫގައި މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ތިން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ. މީހުން ސަލާމަތްކުރުމާއި ފުރަތަމަ އެހީ ދިނުމާއި ސީ.ޕީ.އާރް އާއި ކަނޑުގެ ދިރުންތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން ލީޑަރޝިޕާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ މި ޕްރޮގްރާމުން ބައިވެރިންނަށް ލިބޭނެއެވެ.
މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމްގެ ތެރެއިން..
ޕްރޮގްރާމްގެ ކޯސް ޑިރެކްޓަރ އަދި ލީޑް ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މޫދުގެ ރައްކާތެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ޕެރީ ހެޗެޓެވެ.
މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމްގެ ތެރެއިން..
ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މި ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ހާނިމެވެ. ހާނިމް ވަނީ ޖަޒީރާ ޤައުމެއްގެ ޒުވާނުންނަށް ފުރާނަ ސަލާމަތްކުރުމާއި މޫދުގެ ރައްކާތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި މަދަނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ހިންގާ މިފަދަ ބިނާކުރަނިވި ހަރަކާތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ
Advertisement
This content is created and paid for by advertisers and does not involve Voice Journalists