އައިޖީއެމްއެޗް-
ހަބަރު
13 Sep 2026 | 11:42
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ: ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އެދިއްޖެ

ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކެއްސުމާއި، އަރިދަފުސް ރޯގާ، ހުން އައުން އަދި ކަރުގައި ރިއްސުން ފަދަ އަލާމާތްތަކަކީ އިންފްލުއެންޒާ ނުވަތަ ކޮވިޑް-19 ފަދަ ވައިރަސްތަކުގެ ސަބަބުން ދިމާވާ ކަންކަން ކަމަށެވެ. އަދި ބޭރަށްހިންގުމާއި ހޮޑުލުން ފަދަ އުނދަގޫތައް އާންމުކޮށް 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ރަނގަޅުވާ ކަމަށާއި، އާދައިގެ ހާލަތްތަކުގައި ގޭގައި ފަރުވާ ހޯދިދާނެ ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށާއި، ބަލި ޖެހިއްޖެނަމަ ގޭގައި ފަރުވާ ދިނުމަށް އެޗްޕީއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން:

- ގިނަގިނައިން ލޮނުޕެކެޓް، ފެން، ސޫޕް އަދި އެހެނިހެން ދިޔާތަކެތި މަދު މިންވަރަކުން ގިނަގިނައިން ބޭނުންކުރުން.

- ކުޑަކުދިންނަށް ގާތުން ކިރުދިނުން މެދުނުކަނޑައި ކުރިއަށް ގެންދިއުމާއި، އާންމުކޮށް ކާ ކާނާ ބޭނުންކުރުން.

- ހުން އައުމާއި ހަށިގަނޑުގައި ރިއްސާތީ ޕެރަސެޓަމޯލް ބޭނުންކުރުން އަދި ރަނގަޅަށް އަރާމުކުރުން.

- ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުން، ހާއްސަކޮށް ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން.

- ފާޚާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުން.

- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ މާސްކު އެޅުމާއި، ބަލިވެ އުޅޭނަމަ މީހުން އެއްވާ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން.

- ބަލީގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމާއި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުން.

އެޗްޕީއޭއިން އިތުރަށް ބުނީ ނޭވާލާން އުނދަގޫވުން، ދިޔާތަކެތި ބޭނުން ނުކުރެވުން، ހަށިގަނޑުން ފެން މަދުވުމުގެ އަލާމާތްތައް ފެނުން (ކުޑަކަމުދެވޭ މިންވަރު މަދުވުން، ތަލި ހިކުން ފަދަ)، ބޮޑުކަމުދާއިރު ލޭ ފެނުން، ގަދައަށް ބަނޑުގައި ރިއްސުން ނުވަތަ މާގަދައަށް ހުން އައުން ފަދަ ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.

ހާއްސަކޮށް ތުއްތުކުދިންނާއި، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވާނެތީ، އެފަދަ ފަރާތްތަކަށް މި ދުވަސްވަރު އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.