ރައީސް ޑރ.މުއިއްޒު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Sep 2026 | 22:12
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމްދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް: ރައީސް ޑރ.މުއިއްޒު

ދިވެހި ގައުމުގެ ދެމިއޮތުމުގެ އަސްލު ބިނާވެގެންވަނީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދޭ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ދީން ދޭ އެންމެހައި ރައްކާތެރިކަމަކާ ހަމައަށް ވާސިލުވެވޭނީ ހިތުގެ އީމާންކަން ވަރުގަދަކޮށް، މާތް ﷲ ގެ ގަޟާގަދަރަށް ފުރިހަމައަށް އީމާންވެގެން ކަމަށެވެ. އަދި ނަފްސުތައް ތޯހިރުކޮށް، ހެޔޮ މަގުގައި ސާބިތުވެ ތިބެގެން ކޮންމެ ފަރުދަކުވެސް އިސްލާމީ ދިރިއުޅުމެއް ޚިޔާރުކުރަންޖެހޭ ކަމަށާއި، ގައުމީ ތަރައްގީގައި ދީނީ މުސްތަގުބަލު ކަނޑައަޅަންވީ ކޮންމެ ފަރުދަކާ ހަމައިން ފެށިގެން މުޅި ޖަމާއަތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދު ހާސިލުވާ ގޮތަށް ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ތާރީޚަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހީންގެ ގައުމިއްޔަތުގެ މައި ޖަވާހިރަކީ އިސްލާމްދީން ކަމަށެވެ. އެގޮތުން އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ގައުމީ ޖިހާދަކީވެސް ދީން ސަލާމަތްކުރުމުގެ ރޫހާނީ ބިންގަލުގެ މަތީގައި ކުރެވުނު ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި ޕޯޗުގީޒުން ގަދަކަމުން ދީން ބަދަލުކުރުވައި މަސްތުވާތަކެތި ދޭން އުޅުމުންވެސް ދިވެހިން އެކަމާ ދެކޮޅުހެދީ ސައްތައިން ސައްތަ އިސްލާމީ ވަހުދަތާއި ސަގާފީ ސިޔާދަތު އޮތުމުން ކަމަށް ވިދާޅުވިއެވެ.

 ދިވެހީންގެ ހުނަރުވެރި ކާބަފައިން އަމިއްލަ އެތަކެއްޗެއް އަމިއްލަ އަތުން އުފައްދައިގެން ބިނާކުރި ދިރިއުޅުން ހޯދައިދިނީވެސް ހަމަ އިސްލާމްދީން

ރައީސް ޑރ.މުއިއްޒު

މީގެއިތުރުން، އިސްލާމްދީނަކީ އިންސާނާގެ ވިސްނުން ހެޔޮގޮތުގައި ބައްޓަންކޮށް، އިލްމު ހޯދުމަށާއި، ބުރަކޮށް މަސައްކަތްކޮށް އުފެއްދުންތެރި ބަޔަކަށް ވުމަށް ބާރުއަޅާ ޝާމިލު ދީނެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ޚާރިޖީ ގުޅުންތަކާއި، ފުދުންތެރި އިގުތިސާދަކާއި، ޒަކާތާއި ވަގުފު ފަދަ މާލީ އަދުލުވެރި ނިޒާމުތައް ބިނާވެފައިވަނީވެސް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.