ވޮލްޑްކަޕް ޓިކެޓް-
ކުޅިވަރު
08 Jul 2026 | 08:30
އެމެރިކާ އާއި ޕޯޗުގަލް ކެޓުމާއެކު ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުން އެމެރިކާ އާއި ޕޯޗުގަލް ކެޓުމާ ގުޅިގެން، ލޮސް އެންޖެލިސް ސަރަހައްދުގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލް މެޗުގެ ޓިކެޓްގެ އަގުތައް %60 އަށް ވުރެ ބޮޑުތަނުން ދަށަށް ގޮސްފިއެވެ.

ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.

މި ބޮޑު ބަދަލު އައީ ހޯމަ ދުވަހު ސިއެޓްލްގައި ކުޅުނު މެޗުން ބެލްޖިއަމް އަތުން 4-1 އިން ބަލިވެ، އެމެރިކާ މުބާރާތުން ވަކިވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ސްޕެއިން އަތުން 1-0 އިން ބަލިވެ ޕޯޗުގަލް ކެޓުމަކީ ވެސް މި މެޗުގެ ޑިމާންޑް ދަށަށްދިޔަ ސަބަބެކެވެ. ޕޯޗުގަލް ބަލިވުމާއެކު، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް އައުމަކީ މެޗުގެ ފޯރި ކުޑަވެ، ޓިކެޓްގެ އަގުތަކަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމެކެވެ.

މިވަގުތު ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބެން ހުރީ ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗަށެވެ. ފޮކްސްބޮރޯގައި ކުޅޭ މި މެޗުގެ ޓިކެޓެއްގެ އަގު އުޅެނީ 989 ޑޮލަރުގައެވެ.

މި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ޓިކެޓްގެ އަގު މިހާރު ހުރީ 9,346 ޑޮލަރުގައެވެ. ނަމަވެސް، ފައިނަލަށް ދާ ޓީމުތަކަށް ބަލައި މި އަގުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސް، ސްޕެއިން، އާޖެންޓީނާ އަދި އިންގްލެންޑެވެ.

"ސީޓްޕިކް" އިން ރިޕޯޓްކުރާ ގޮތުގައި، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ވަނީ ޖުމްލަ %50.4 ދަށަށް ގޮސްފައެވެ. އަދި ބާޒާރުގައި ލިބެން ހުރި ޓިކެޓްގެ އަދަދު ވެސް ވަނީ 28,285 އިން 49,415 އަށް އިތުރުވެފައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް އެންމެ އަގުބޮޑު މުބާރާތުގެ ގޮތުގައި ފާހަގަކުރެވިފައިވާ މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ