އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރަހަމް- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
12 Jul 2026 | 15:21
ޣައްޒާ ”ބިމާ ހަމަކޮށްލަން“ ގޮވާލި އެމެރިކާގެ ސެނެޓަރު ”ކުއްލި ބައްޔަކަށް“ ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަށް ފާޅުގައި ތާއީދުކޮށް، އެ ތަން ސުންނާފަތިކޮށްލުމަށް ގޮވާލި އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް، ”ކުއްލި ބައްޔަކަށް“ ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެއެވެ.

އޭނާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ސައުތު ކެރޮލައިނާގެ ސީނިއާ ރިޕަބްލިކަން ސެނެޓަރު މަރުވީ ކުއްލިގޮތަކަށް ޖެހުނު ބައްޔެއްގައި ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެއީ ކޮން ބައްޔެއްކަން ހާމަ ނުކުރެއެވެ.

ލިންޑްސީ ގްރަހަމްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް މީހެއްގެ އިތުރުން، އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާއި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި އަޑުއުފުލި މީހެކެވެ.

މަރުވުމުގެ މަދު ދުވަސްކޮޅެއް ކުރިން އޭނާ ވަނީ ޔޫކްރެއިންގެ ކިއޭވްއަށް ޒިޔާރަތްކޮށް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ޗައިނާގެ ނުފޫޒު ބޭނުންކުރުމަށް ގޮވާލާފައެވެ. އަދި ރަޝިޔާއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވަކާލާތު ކުރިއެވެ.

ނަމަވެސް، ގްރަހަމް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް އެންމެ ބޮޑަށް ހިތްވަރުދިން އެއް މީހާގެ ގޮތުގައެވެ.

އެގޮތުން ޣައްޒާއަށް ހިތުހުރި ގޮތެއް ހެދުމަށް ހިތްވަރުދީފައިވެއެވެ.

"އަހަރެން މިހުރީ އިސްރާއީލާއެކު. އެތަން [ޣައްޒާ] ސުންނާފަތިކޮށްލާ، ކަލޭމެން ކުރަން ބޭނުން ކޮންމެ ކަމެއް ކުރޭ،" އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގައި ޓޯކިޔޯއާއި ބާލިންއަށް ހެދި ގޮތަށް ޣައްޒާއަށް ހެދުމަށް ގޮވާލައި، އެ ސިޓީ މުޅިން ބިމާ ހަމަކޮށްލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ރިޒް
އެބޭ ބިމު އަޑިއަށް ދިޔައިރުވެސް ޣައްޒާ ހަމަ ވިހުރިލަވިހުރިލާ އެބައޮތް
12 Jul 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.