އަލިބާބާ ހެޑްކުއާޓަރެއް
ވިޔަފާރި
04 Jul 2026 | 18:53
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ

އަލީބާބާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޣައިރުޤާނޫނީ ބޭހާއި، ބޭސް އުފައްދާ ސާމާނާއި، އަދި އެހެނިހެން މަނާ ތަކެތި ވިއްކުން ހުއްޓުވުމުގައި އިހުމާލުވެފައިވާ މައްސަލަ ހައްލުކުރުމަށް ބޮޑު ޖޫރިމަނާއެއް އެމެރިކާއަށް ދައްކަން އެކުންފުނިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، 2016 އިން 2024 އާ ދެމެދު އަލީބާބާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް 80،000 އަށްވުރެ ގިނަ ޣައިރުޤާނޫނީ މުއާމަލާތް ހިންގާފައިވާ އިރު، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 200 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

މި އެއްބަސްވުމުގެ ދަށުން އަލީބާބާ އިން 125 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަންޖެހޭ އިރު، ޣައިރުޤާނޫނީ ވިޔަފާރިން ލިބުނު ފައިދާގެ ތެރެއިން 200 މިލިއަން ޑޮލަރު ދޫކޮށްލަން ޖެހޭނެއެވެ. އަދި އޭޔޫއެސް މާޗަންޓް ސާވިސަސް އިން 85 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަންޖެހޭ އިރު، 190 މިލިއަން ޑޮލަރު ދޫކޮށްލަން ޖެހޭނެއެވެ. މީގެ އިތުރުން، ދެ ކުންފުނިން ވެސް ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެ ކުންފުނިތަކުގެ ސަލާމަތީ އަދި ޤާނޫނީ ގަވާއިދުތަކަށް ބޯލަނބާތޯ ކަށަވަރުކުރާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ