އެމެރިކާ ރައީސް ޓްރަމްޕް އާއި ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން-
ދުނިޔެ
23 Jul 2026 | 12:49
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއާ ދެމެދު މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ތަރައްޤީކުރުމަށް މަގުފަހިކޮށްދޭ "ނިއުކްލިއާ އެއްބާރުލުމުގެ އެއްބަސްވުމެއް" ގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓާއި ސައޫދީ ޢަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާނެވެ. މިދިޔަ ނޮވެމްބަރު މަހު ސައޫދީ ލީޑަރު ވޮޝިންގްޓަނަށް ކުރެއްވި ދަތުރުފުޅަށް ފަހު އެކުލަވައިލި މި އެއްބަސްވުމަކީ ހަކަތައާ ބެހޭ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދެ ޤައުމުން ވެސް ފާހަގަކުރެއެވެ.

އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ސައޫދީ ޢަރަބިއްޔާއަށް ކުރިމަގުގައި ޔޫރޭނިއަމް ފައްކާކުރުމުގެ ހުއްދަ ލިބިދާނެ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ އެމެރިކާއިން އެހެން ޤައުމެއްގެ ބިމުގައި ޔޫރޭނިއަމް ފައްކާކުރުމަށް އެހީތެރިވާ ފުރަތަމަ ފަހަރު ކަމަށްވާތީ، ބައެއް ތަޖުރިބާކާރުން ވަނީ މިކަމުގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ފެތުރުމުގެ ނުރައްކާ އޮވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ނިއުކްލިއާ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓޭނެ ކަމަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ ނިއުކްލިއާ ހަތިޔާރު ފެތުރުމުގެ ނުރައްކާ އޮންނާނެ ފަދަ އެއްބަސްވުމެއް އެމެރިކާއިން ނުހަދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ނަމަވެސް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން މި އެއްބަސްވުމާ ދެކޮޅަށް ވާހަކަ ދައްކަވާފައިވެއެވެ. ސެނެޓަރު އެޑްވާޑް މާކީ ވިދާޅުވީ މިއީ އީރާނުގެ ނިއުކްލިއާ ބޮން ހުއްޓުވުމުގެ ނަމުގައި ހަނގުރާމައެއް ފަށާފައި، އަނެއްކޮޅުން ސައޫދީއަށް މިފަދަ ހުއްދައެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި އެއްބަސްވުމަކީ ރަޝިއާއާއި ޗައިނާއިން ސައޫދީއާ އެކު މިފަދަ ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ނުފޫޒު ދެމެހެއްޓުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

މި އެއްބަސްވުން ދެން ފޮނުވޭނީ އެމެރިކާގެ ކޮންގްރެސްގެ ރިވިއުއަށެވެ. ކޮންގްރެސްގެ ދެ ގޮފި މިހާރު ކޮންޓްރޯލް ކުރަނީ ރައީސް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީން ކަމަށްވާތީ، މި އެއްބަސްވުން ފާސްވާނެ ކަމަށް ބޮޑަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ