ނަތަންޔާހޫ އާއި ޓްރަމްޕް-
ދުނިޔެ
10 Aug 2026 | 08:20
ޣައްޒާއަށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.

ނަތަންޔާހޫ ބުނީ ޙަމާސް ޖަމާއަތުން "ހަގީގީ މާނައިގައި" ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، 15 ނުކުތާގެ މައްޗަށް އެކުލެވޭ އެ ލިޔުމަށް އިސްރާއީލުން ދެކޮޅު ހަދާ ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިންނާއި ރައްޔިތުންނަށް އޮތް ނުރައްކާތައް ނައްތާލުމަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ މަހު ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ބުނެފައިވަނީ ޙަމާސްއާއި ޣައްޒާގައި ހަރަކާތްތެރިވާ އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކުން "މުޅިން ހަތިޔާރު ބެހެއްޓުމަށް" އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް ޙަމާސްއިން ބުނަމުންދަނީ ބަރު ހަތިޔާރު ދޫކޮށްލެވޭނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހުރިހާ ހަމަލާތަކެއް ހުއްޓާލައި، އެ ސަރަހައްދުން އިސްރާއީލުގެ ސިފައިން ފޭބުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓްރަމްޕް އިއުލާންކުރި މި މަޝްރޫއުގެ ދަށުން، އެއްބަސްވުން ތަންފީޒުކުރުމަށް "ބޯޑް އޮފް ޕީސް" އެއް އުފެއްދުމަށާއި، ޣައްޒާ އަލުން އާބާދުކުރުމަށް ހިމަނާފައިވެއެވެ. ނަމަވެސް އިސްރާއީލުން މިކަމަށް ދެކޮޅު ހެދުމަކީ މި ސުލްހައިގެ މަޝްރޫއަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

ޙަމާސްގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ޖަމާއަތުން އެއްބަސްވުމަށް އިހުތިރާމްކުރާ ކަމަށާއި، 15 ނުކުތާގެ މަޝްރޫއު ތަންފީޒުކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ހުރިހާ ފަރާތްތަކަކުން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށް ޙަމާސްއިން ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ނަތަންޔާހޫ މިފަދަ ހަރުކަށި ނިންމުމެއް ނިންމީ ކުރިއަށް އޮތް އިންތިޚާބާއި، އޭނާގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ މެންބަރުންގެ ޕްރެޝަރާ ހެދިއެވެ. ޚާއްސަކޮށް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ޣަވީރު ފަދަ ނިރުބަވެރިން ވަނީ މި ސުލްހައިގެ މަޝްރޫއު ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އިސްރާއީލުން އެމެރިކާގެ އޮފިޝަލުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި، އެމެރިކާއިން ހުށަހަޅާ ބައެއް ކަންކަމަށް އިސްރާއީލުން އެއްބަސްވި ނަމަވެސް، މަސްލަހަތު ހިމެނޭ ކަންކަމުގައި ދޫނުދޭނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.