އެޑް ޝީރަން؛ ފޮޓޯ / ސްކައި ނިއުސް
ދުނިޔެ
26 Sep 2026 | 12:04
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ

ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި އެޑް ޝީރަންގެ ދެ ކޮންސެޓެއް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނެާގޮތުގައި އެމެރިކާގެ މެސެޗޫސެޓްސްގައި ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި ކޮންސެޓްތައް ކެންސަލުކުރަން ޖެހުނީ މޫސުން ގޯސްވެގެންނެވެ. 

ގިލެޓް ސްޓޭޑިއަމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮންސެޓުތައް ކެންސަލްކުރީ ސަރަޙައްދީ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ފޭނުންނާއި މުވައްޒަފުންނާއި ޝޯގައި ބައިވެރިވާ އެންމެންގެ ސަލާމަތަށް އިސްކަން ދީގެންނެވެ. ޓިކެޓްމާސްޓާ މެދުވެރިކޮށް ޓިކެޓު ގަތް ފަރާތްތަކަށް އޮޓޮމެޓިކުން ރީފަންޑް ލިބޭނެ ކަމަށާއި އެ ނޫން ގޮތްގޮތުން ގަތް ފަރާތްތަކަށް ގަތް ތަނުން ރީފަންޑް ނެގޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޝީރަންގެ މި ޓުއާ ފާއިތުވި ދުވަސްތަކުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއަށް ވެއްޓިފައިވެއެވެ. ސަޕޯޓް އެކްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ މެކެލްމޯ ސްޓޭޖުގައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ގިލެޓް ސްޓޭޑިއަމްގެ ވެރިޔާ ރޮބާޓް ކްރާފްޓް ހިމެނޭ ގޮތަށް ސްޓޭޑިއަމް ވެރީން ވަނީ މެކެލްމޯ ޝޯއިން ބޭރުކޮށްފައެވެ. މެކެލްމޯ ބޭރުކުރުމާ ގުޅިގެން ޝީރަންގެ އެހެން ސަޕޯޓް އާޓިސްޓުން ވެސް ވަނީ ޝޯއިން ވަކިވާން ނިންމާފައެވެ. މި މައްސަލައިގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިއުޒިކާ ސިޔާސީ ވާހަކަތައް މައްސުނިކުރުމާ ބެހޭ ގޮތުން ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

މިދިޔަ ހަފުތާ ބަންދުގައި އެނބުރި ސްޓޭޖަށް އެރި ވަގުތު ޝީރަން ފޭނުންނާ މުޚާޠަބުކޮށް ވަނީ މެކްލެމޯ ޝޯއިން ބޭރުކުރި މައްސަލާގައި އޭނާ މައާފަށް އެދޭކަމަށް ބުނެފައެވެ.

އެޑް ޝީރަންއާ އެކު އޮތް ފުރުޞަތު ގެއްލުމުން، ފަލަސްޠީނަށް އެހީވުމަށް މެކްލެމޯ މިހާރު ދަނީ ފަލަސްތީނަށް އެހީވުމަށް ހާއްސަ ޝޯއެއް ދިނުމަށް ތައްޔާރުވަމުންނެވެ. މި ޝޯ ބޭއްވުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާަކަމަސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.