ތުރުކިއޭ އާ ދެކޮޅަށް ނިކުތް ފްރާންސް ޓީމް.. ފޮޓޯ: ފްރާންސް
ކުޅިވަރު
26 Sep 2026 | 07:11
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ

ޔުއެފާ ނޭޝަންސް ލީގްކަޕް ގްރޫޕް އޭގައި ފްރާންސް އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ހަނިގޮތަކަށް ފްރާންސުން ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ  ފުރަތަމަ މެޗުގައި ކީލިއަން - ގެ ނަތީޖާއިންނެވެ. މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފްގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެމްބާޕޭ އެވެ. 

މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި މި ލަނޑަކީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 67 ވަނަ ލަނޑެވެ. މިއީ ރެކޯޑެކެވެ. އެމްބާޕޭ ލަނޑު ޖެހިތާ ކުޑަވަގުުކޮޅެއް ފަހުން އޭނާ ވަނީ އަނިޔާވެގެން ބަދަލުކުށްފައެވެ. 

މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗް ޒިދާން ބުނީ، އެމްބާޕޭ ފައިބަލް ޖެހުނީ އޭނާގެ ކަކޫ ދުޅަވުމުންކަމަށެވެ. ނަމަވެސް މާބޮޑު ތަފްސީލެއް ނުދެއެވެ. 

މި މެޗްގައި ކީޕަރު އޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ތުރުކީގެ ގޯލްކީޕަރު އުގުރްޖާން ޗަކީރަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ. ޒިދާން ވަނީ ފްރާންސާއެކު ވަރލްޑްކަޕް ކާމިޔާބުކޮށް، ކޯޗެއްގެ ގޮތުގައިވެސް ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައެވެ. ޒިދާން ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު އަދި ދެ ފަހަރު ލަ ލީގާ ކާމިޔާބުކޮށްދީފައެވެ. މިއީ ރެއާލް މެޑްރިޑް ފިޔަވައި ޒިދާން ސީނިއާ ޓީމެއްގެ ކޯޗުކަން ކުރާ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.