މެންޗެސްޓަރ ސިޓީ ސްޓޭޑިއަމް.. ފޮޓޯ:ބްލޫމްބަރގް
ކުޅިވަރު
26 Sep 2026 | 08:30
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އުފުލާފައިވާ މާލީ ގަވާއިދުތަކާ ޚިލާފުވުމުގެ ދައުވާތަކުގެ ތެރެއިން ގިނަ މައްސަލަތައް އެ ކްލަބްގެ މައްޗަށް ސާބިތުވެއްޖެއެވެ.

ސިޓީގެ މައްޗަށް އުފުލާފައިވާ މައިގަނޑު ދަޢުވާތަކުގެ ތެރޭގައި 2009 އިން 2018 އަށް މާލީ މަޢުލޫމާތު އޮޅުވާލުމާއި، ކުޅުންތެރިންނާއި މެނޭޖަރުންގެ މުސާރައިގެ ތަފްސީލު ސައްހަކޮށް ހުށަހަޅާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ލީގުން ކުރިއަށްގެންދިޔަ ތަޙްޤީޤަށް އެއްބާރުލުން ނުދިނުމުގެ ގިނަ ދަޢުވާތަކެއްވެސް ވަނީ އުފުލާފައެވެ. އެހެންނަމަވެސް، ސިޓީން އަބަދުވެސް ބުނަމުންދަނީ އެއްވެސް ގަވާއިދަކާ ޚިލާފުވެފައި ނުވާނެ ކަމަށާއި، އެކަން ސާބިތުކޮށްދޭނެ ހެކި އެބަހުރި ކަމަށެވެ.

މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ. ލީގުގެ ގަވާއިދު އޮންނަ ގޮތުން މިފަދަ މައްސަލަތަކުގައި ކޮމިޝަނަށް ފެންނަ ކޮންމެ އަދަބެއްވެސް ދިނުމުގެ އިޚްތިޔާރު އޮވެއެވެ.

މެންޗެސްޓަރ ސިޓީއަށް އަތުވެދާނެ އަދަބުތައް

- ޕޮއިންޓް އުނިކުރުން 

- ޖޫރިމަނާ

- ޕްރިމިއަރ ލީގުން ވަކިކުރުން.

މި އަދަބުތަކުގެ ތެރޭގައި ހިމެނޭ ޕްރިމިއަރ ލީގުން ވަކިކޮށްފިނަމަ، މެންޗެސްޓަރ ސިޓީގެ މެންބަރޝިޕް ގެއްލި، މި ސީޒަން ނިމުމުން ޓީމް ދެން ވާދަކުރަންޖެހޭނީ ދަށް ޑިވިޒަނެއްގައެވެ. މީގެ އިތުރުން، އާދަޔާޚިލާފަށް ގިނަ ޕޮއިންޓްތަކެއް އުނިކޮށްގެންވެސް އެ ޓީމު ދަށް ޑިވިޜަނަކަށް ރެލިގޭޓް ކުރުމުގެ ފުރުސަތު އޮންނާނެއެވެ

މީގެ ކުރިންވެސް މާލީ ގަވާއިދުތަކާ ޚިލާފުވެގެން އެވަަޓަން އާއި ނޮޓިންހަމް ފޮރެސްޓްގެ ޕޮއިންޓްތަކެއް ވަނީ އުނިކޮށްފައެވެ. އެހެންކަމުން، ސިޓީގެ މައްޗަށް ކުރެވޭ ދަޢުވާތައް ސާބިތުވެއްޖެނަމަ، އެއީ އިނގިރޭސި ފުޓްބޯޅައަށް ކުރިމަތިވާނެ ވަރަށް ބޮޑު ލޮޅުމަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.