ރޯމްގައި ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި، އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.
ރިބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީ ބަލިވީ މާކް ފެން ބޮމެލްގެ އިރުޝާދުގެ ދަށުން ނިކުތް ބެލްޖިއަމް އިން ރޮބާޓޯ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޕީ.އެސް.ޖީގެ ޒުވާން ކުޅުންތެރިޔާ މިކާ ގޮޓްސް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެ ޓީމުގެ ދެވަނަ ލަނޑު، އޭނާގެ އަމިއްލަ ހާފުން ބޯޅަ ހިފައިގެން ގޮސް، 25 ޔާޑު ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިނީ ޑޯޑީ ލޫކެބަކިއޯ އެވެ.
މިމެޗަކީ ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ފެން ބޮމެލް އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މިއީ އިޓަލީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި މަންޗީނީއަށް ކުރިމަތިވި ހިތްދަތި ފެށުމެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން މަންޗީނީ ބުނީ، ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތްދަތިކަން ދޫކޮށްލަން ޖެހޭ ކަމަށާއި، ބޭނުންވަނީ އުއްމީދުތަކައިގެ ކުރިއަށްދިއުންކަމަށެވެ. މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
މަންޗީނީ އަކީ މީގެ ކުރިން 2018 އިން 2023 އަށް އިޓަލީއަށް އިރުޝާދު ދީފައެވެ. މަންޗީނީގެ ކޯޗްކަމުގެ ދަށުން އިޓަލީން ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists