ހަޔަރ އެޑިއުކޭޝަން.. ފޮޓޯ: އެމްއެފްއާރު
ހަބަރު
27 Sep 2026 | 19:48
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި, އެޕް ވުޖޫދުގަވެސް ނެތް: އޮޑިޓް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ބޭނުމަށް ބަޔަކާ އެޕްލިކޭޝަނެއް ހަދަން ހަވާލުކޮށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، އެ އެޕްލިކެޗަން ވުޖޫދުގައިވެސް ނެތްކަމަށް އެ މިނިސްޓްރީގެ އޮޑިޓުން ހާމަވެއްޖެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ވުޒާރާއިން ކުރިއަށްގެންދިޔަ ސޮފްޓްވެއާރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކަށް 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް، އެ މަސައްކަތުގެ އެއްވެސް މިންވަރެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ހިނގާފައިވާ ކަމެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައިވާ ތަފުސީލުތަކަށް ބަލާއިރު، މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތައް ބޭނުންކުރުމަށް އެޕްލިކޭޝަނެއް ހެދުމަށްޓަކައި، ކުންފުންޏަކާ ހަވާލުކޮށްގެން ސޮފްޓްވެއާރ ޑިވެލޮޕްމަންޓް މަސައްކަތެއް ކުރިއަށް ދިޔައެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ.

މުއްދަތު އިތުރުކޮށްދިން ނަމަވެސް، އެއްބަސްވުމުގައިވާ 12 މޮޑިއުލްގެ ތެރެއިން އެއްވެސް މޮޑިއުލެއްގެ މަސައްކަތް ފުރިހަމައަށް ނިންމާފައިނުވާކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮޖެކްޓުގެ މުހިންމު ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ތަފުޞީލީ މަސައްކަތު ޕްލޭންތަކާއި، މަސައްކަތް ކުރިއަށްދިޔަ މިންވަރުގެ ރިޕޯޓުތަކުގެ އިތުރުން މަސައްކަތް ޓްރެކްކުރާ ލޮގްތަކާއި ޑިވެލޮޕަރުންގެ ޓައިމްޝީޓުތަކާއި ޓެކްނިކަލް ޑެލިވަރަބަލްތައް ހެދިކަމުގެ ލިޔެކިޔުންތައް ވެސް ބަލަހައްޓާފައެއް ނުވެއެވެ. އެހެންކަމުން، މި ސިސްޓަމް ބޭނުންކުރަން ފެށިފައި ނުވުމުގެ ސަބަބުން ސިސްޓަމުން ލިބެންޖެހޭ އެއްވެސް މަންފާއެއް ވުޒާރާއަށް ލިބިފައިނުވާކަން ކަށަވަރުވެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ޚަރަދުގެ ތަފްސީލް

މި ސޮފްޓްވެއާރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 1,181,763 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބަލައި މިކަމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އެދި އިދާރާތަކަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.