ޤައުމީ ޔުނިވަރސިޓީގެ ގޮތްޕެއް؛ ފޮޓޯ / އެމްއެންޔޫ
ހަބަރު
27 Sep 2026 | 18:26
15 އަހަރުގެ ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި މެދުކެނޑުމެއް ނެތި 15 އަހަރު ވަންދެން ހިންގަމުން އަންނަ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ ގޮތް ހަމަޖައްސައި، އެކަމާ ގުޅޭ އައު ގަވައިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން، ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން، ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ދުވަހު ހިންގާފައިވާ، އަދި އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އަލަށް އެކުލަވާލި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށްޓަކައި ހަރުދަނާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް އަދި ނުވައެއްގެ ކޯސްތައް މަދުވެގެން ތިން ދާއިރާއަކުން ވޭތުވެދިޔަ ފަސް އަހަރު ވަންދެން މެދުނުކެނޑި ހިންގާފައި ވާންޖެހެއެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓު ކޮށްފައިވާ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދަން ޖެހޭއިރު، ފާއިތުވި ތިން އަހަރު ވެސް ދަރިވަރުންގެ ޢަދަދު މި މިންވަރަށް ވުރެ ދަށަށް ނުގޮސް ހިފެހެއްޓިފައި ހުންނަން ޖެހޭނެއެވެ.

މީގެއިތުރުން، ބައިނަލްއަޤުވާމީ ޔުނިވާސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކުރެވިފައި ވުމާއި، ބައިނަލްއަޤުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރު ހޭދަކޮށްފައި ވުން އަދި ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ރިސާޗު ހިންގި ކަމުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ޔުނިވާސިޓީއަކަށް ބަދަލުވާން ހުށަހަޅާ ކޮލެޖުގެ މުވައްޒަފުންގެ 10 އިންސައްތައަކީ ޕީއެޗްޑީ ޙާޞިލުކޮށްފައިވާ ފުލްޓައިމް މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށާއި، ޔުނިވާސިޓީއެއް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ވުޒާރާއިން ކަނޑައަޅާ މިންގަނޑަށް ޤާއިމުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.

ޔުނިވާސިޓީ ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދާނީ ހަޔާ އެޑިއުކޭޝަން ވުޒާރާއިން ޚާއްޞަކުރާ ޕޯޓަލެއް މެދުވެރިކޮށެވެ. ހުށަހެޅޭ ޕްރޮޕޯސަލްތަކާއި ލިޔެކިޔުންތައް ދިރާސާކޮށް އެސެސްމަންޓު ރިޕޯޓު ތައްޔާރުކުރާނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ މަތީ ތަޢުލީމުގެ ދެ ތަޖުރިބާކާރަކާއި، ހަޔާ އެޑިއުކޭޝަން ވުޒާރާގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއްގެ އިތުރުން މާލީ ދާއިރާގެ މެންބަރެކެވެ.

މި ގަވައިދުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ޔުނިވާސިޓީގެ އޮޑިޓެއް އެމްކިއުއޭ އިން ކުރިއަށް ގެންދަން ޖެހޭނެއެވެ. އަދި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ޙާލަތެއްގައި ކުރިން އެންގުމަކާ ނުލައި މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް ވުޒާރާ އަށާއި އެމްކިއުއޭ އަށް ގަވައިދުން ވަނީ ދީފައެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ދައުލަތުގެ ދެ ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. މީގެ އިތުރުން ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ގިނަ އަދަދެއްގެ އަމިއްލަ ކޮލެޖުތައް ވެސް ރާއްޖޭގައި މެދުނުކެނޑި ދަނީ ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.