ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން ރާއްޖޭގެ އަތޮޅުތެރޭގައި ބެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ އައުޓްޑޯ ޖިމް މަޝްރޫޢުގެ ތެރެއިން ހަތް ރަށެއްގެ މަސައްކަތް ފުރިހަމަކޮށް ނިންމައިފިއެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އެޗްޑީސީން ކުރަމުން ގެންދާ މި މަސައްކަތުގައި ޒަމާނީ ފެންވަރު ރަނގަޅު އިކުއިޕްމަންޓް ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިހާތަނަށް ޖިމް ގާއިމުކޮށް ނިމިފައިވާ ރަށްތަކަކީ؛
އއ. ފެރިދޫ
އއ. އުކުޅަސް
އދ. ދިގުރަށް
އދ. ފެންފުށި
އދ. މާމިގިލި
އދ. މަންދޫ
ބ. ގޮއިދޫ
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދެވެ.
އެޗްޑީސީން ބުނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ސީއެސްއާރުގެ ދަށުން ދިވެހި މުޖުތަމަޢަށް ފައިދާ ހުރި މިފަދަ އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދިއުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists