ރަދީފު އެޕް
ހަބަރު
26 Sep 2026 | 14:30
ދިވެހިބަހުގެ ރަދީފު އެޕް، ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި

ލަފުޒު ހޯދުމާއި ބަހުގެ ތަފާތު މަޢުލޫމާތު ފަސޭހައިން ބެލޭނެ ގޮތަށް ގިނަ ސިފަތަކެއް އިތުރުކޮށް ދިވެހިބަހުގެ އެކެޑަމީން ދިވެހިބަހުގެ ރަދީފުގެ އެޕްލިކޭޝަން އަޕްޑޭޓްކޮށްފިއެވެ.

އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ. ހަމައެއާ އެކު، ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ލަފުޒުތައް ފާހަގަކޮށް ރައްކާކުރެވޭނެ ނިޒާމެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ކުރީގެ އަޕްޑޭޓް (އިސްދާރު) ތަކުގައި ލަފުޒެއްގެ މާނަ އެހެން މީހަކާ ހިއްސާކުރެވެނީ ލިންކެއްގެ ސިފައިގައި ނަމަވެސް މިހާރު ލަފުޒާ އެކު އޭގެ މާނަ ވެސް ސީދާ ހިއްސާކޮށްލެވޭނެއެވެ.

މިފަހަރުގެ އަޕްޑޭޠްގައި ބަސް މުއްސަނދިކުރުމުގެ ބައެއްގެ ގޮތުން ކޮންމެ އަހަރަކު ރަދީފަށް އިތުރުވާ ލަފުޒުތައް "ބަސްތޫރަ ލިސްޓު" ގެ ނަމުގައި ވަކިން ފެންނަ ގޮތް ވަނީ ހަދައިފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާ ބަސްތައް ވެސް މި އިސްދާރުން ބެލޭނެއެވެ. އޭގެ އިތުރުން، ޤަވާއިދުގެ ބައިތައް ކަމުގައިވާ ނަމާއި ކަމާއި ނަންއިތުރު ފަދަ ގިންތިތައް ވަކިވަކިން ބެލުމާއި މިސާލުބަހާއި ހަރުބަސް ވެސް ވަކި ގިންތިތަކަކަށް ބެހިފައި ހުރެއެވެ. ދޫނި ގަސްގަހާގެހި ބަލީގެ ނަންތައް ފަދަ ގުރޫޕުތައް ވެސް ލިސްޓުތަކެއްގެ ގޮތުގައި ބެލޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ކުރިން ވެސް ހިމެނޭ "ދުވަހު ލަފުޒު" ގެ ބައި އިތުރަށް ފުރިހަމަކޮށް ކުރީ ދުވަސްތަކުގެ ލަފުޒުތައް ވެސް ވަކިން ބެލޭ ގޮތް ވަނީ ހަދައިފައެވެ. ބަހަށް ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ބަހުގެ ކުޅިވަރުތަކެއް ވެސް މި އިސްދާރުގައި ވަނީ ތަޢާރަފުކޮށްފައެވެ. ތަފާސްހިސާބާއި ބަހުގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ބޭނުންކުރާ ފަރާތްތަކަށް ޚިޔާލާއި އާ ލަފުޒުތައް ހުށަހެޅޭ ގޮތަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އެޕް ތަރައްޤީކުރަމުން ގެންދާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ. އެ އެކެޑަމީން ވަނީ އެޕް ބޭނުންކުރާ ފަރާތްތަކުން އިސްލާހާއި ޚިޔާލު ހިއްސާކުރަމުން ގެންދިއުމަށް އެދިފައެވެ.

ރަދީފު އެޕަށް މި ގެނައި ބޮޑެތި ބަދަލުތައް ތަރައްޤީކޮށްފައި ވަނީ ބަސް ކޮމިޓީގެ ލަފާގެ މަތިން ޑެވެލޮޕަރު އަޙްމަދު ނަދީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.