އަޙްމަދު އާހިލް ސަޢީދު
އިންޓަރން ލިޔުންތެރިއެއް
އަޙްމަދު އާހިލް ސަޢީދު
16 Apr 2026
އުރީދޫގެ 18 ވަނަ އުމުރާ ދަތުރުގެ ނަސީބުވެރިޔާ އިއުލާންކޮށްފި
އަމްސަދު ނަޖުމީ އަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
16 Apr 2026
ހުޅުމާލޭގައި ވެލްނަސް ސެންޓަރަކާއި ބުކްޝޮޕެއް ހިންގުމުގެ ފުރުސަތު
15 Apr 2026
އެމެރިކާގެ ހުރަސްތަކާއެކުވެސް އީރާނުގެ ސުޕަޓޭންކަރެއް ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި
މި އުޅަނދަކީ "ވެރީ ލާޖް ކްރޫޑް ކެރިއަރ" ގިންތީގެ ވަރަށް ބޮޑު ސުޕަޓޭންކަރެކެވެ. މިފަދަ އުޅަނދުފަހަރަކީ އެއްފަހަރާ ގިނަ އަދަދެއްގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުފަހަރެވެ.
15 Apr 2026
އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ
އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، މޭ 17 އިން ފެށިގެން ރާއްޖެއިން އޮސްޓްރޭލިއާއަށް ޑައިރެކްޓް ފްލައިޓްތައް ދަތުރުކުރާނެއެވެ. އަދި އޮސްޓްރޭލިއާއަށްދާ ފުރަތަމަ ފްލައިޓް ރާއްޖެ އަނބުރާ އަންނާނީ މޭ 19 ގައެވެ. އަދި މި ދަތުރުތައް ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
15 Apr 2026
"ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވައިފި
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލުގެ މަގްސަދަކީ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އިތުރުކުރުމާއެކު، އިސްލާމްދީނަށާއި ދީނީ ޝިޢާރުތަކަށް އިހްތިރާމްކުރާ، އަދި ޤައުމިއްޔަތަށް އިސްކަންދޭ ބަޔަކަށް ޒުވާނުން ހެދުމެވެ.
15 Apr 2026
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް 1،000 މީހުންގެ ވިސާ މިހާތަނަށް ވަނީ ލިބިފަ: ޝަކީލް
ޙައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި 1447 ވަނަ އަހަރުގެ ޙައްޖުގެ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުންނެވެ.
15 Apr 2026
"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި
މިކަން އެޗްޑީސީން އިއުލާންކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި މިއަދު ހެނދުނު ކުރި ޕޯސްޓަކުންނެވެ.
15 Apr 2026
އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު ގެއްލިއްޖެ
މިފަހަރު ގެއްލިފައިވަނީ ނިއު މެކްސިކޯގެ އަލްބަކާކީގައި ހުންނަ ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް ގައި ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 48 އަހަރުގެ ސްޓީވަަން ގާސިއާއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 28، 2025 ގައި އޭނާގެ ގެއިން އަތުބަޑިއެއް ހިފައިގެން ނުކުމެގެން ދަނިކޮށެވެ. ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނިއުކްލިއާ ހަތިޔާރުތަކުގެ ގިނަ އަދަދެއްގެ ސާމާނުތައް ބަލަހައްޓާ މަރުކަޒެއްގައި އިސް މަގާމެއް ފުރަަމުންދިޔަ މީހެކެވެ.
15 Apr 2026
އީރާނާއެކު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބޭއްވިދާނެ: ޓްރަމްޕް
ޓްރަމްޕް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކަންތައްތަކެއް ހިނގުން އެކަށީގެންވާތީ، މަޝްވަރާތައް ބޭއްވުމަށް އެންމެ ބޮޑަށް ލަފާކުރެވެނީ ޕާކިސްތާނުގެ އިސްލާމްއާބާދެވެ. މި ބައްދަލުވުމަކީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވުނު ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
14 Apr 2026
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނިޝާން އަހުމަދު އައްޔަންކުރައްވައިފި
މި މަގާމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ނިޝާން އަހުމަދެވެ.
14 Apr 2026
ރާއްޖެއަށް ޕެޓްރޯލް ޝިޕްމަންޓް އަންނާނީ 20 އޭޕްރީލް، 8 މޭ، 26 މޭ އަދި 14 ޖޫން ގައި: މިނިސްޓަރ ސަޢީދު
ސަރުކާރުން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެން ގިނަ މަސައްކަތެއް ކުރަމުން. އެގޮތުން، ރާއްޖެއަށް އަންނަ ތެޔޮ އަދި ޑީސެލްގެ ޝިޕްމަންޓްތަކަށް މެދުކެނޑުމެއް ނާންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދަނީ ރައްޔިތުންނަށް ދެމުން
14 Apr 2026
ސައުދީން މައްކާއަށް ވަނުމުގެ ގަވާއިދުތައް ހަރުކަށިކޮށް، އުމްރާ ވިސާ މެދުކަނޑާލައިފި
އައު ގަވާއިދުތަކުގެ ދަށުން، މައްކާއަށް ވަދެވޭނީ ހަމައެކަނި ސައްހަ ހައްޖު ހުއްދައެއް އޮތް މީހުންނަށާއި، މައްކާގައި ވަޒީފާ އަދާކުރުމުގެ ނުވަތަ ދިރިއުޅުމުގެ ރަސްމީ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ. ޓޫރިސްޓް ވިސާ ނުވަތަ އުމްރާ ވިސާ ހިމެނޭހެން އެހެން އެއްވެސް ބާވަތެއްގެ ވިސާއެއްގައި މި މުއްދަތުގައި މައްކާއަށް ވަނުން ވަނީ މަނާކޮށްފައެވެ. މިކަން ކަށަވަރުކުރުމަށްޓަކައި މައްކާއަށް ވަންނަ މައިގަނޑު ހުރިހާ މަގުތަކެއްގެ ސަލާމަތީ ޗެކްޕޮއިންޓުތައް ވަނީ ވަރުގަދަކޮށްފައެވެ.
13 Apr 2026
15 މޭގެ ކުރިން އިލެކްޓްރިކް ވެހިކަލްތަކުގެ ބޯޑު ބަދަލު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީގެ ގޮތުގައި ދުއްވާ ވެހިކަލްތަކުގެ އިތުރުން، ޕްރައިވެޓް ވެހިކަލްތަކުގެ ގޮތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައިވެސް ފެހިކުލައިގެ ނަމްބަރ ޕްލެޓް ބޭނުންކުރުމަށް ނިންމާފަ
13 Apr 2026
ރިޔާސީ އިންތިޚާބުގެ ތެރެއިން ރައީސް ސާލިހު ދެއްވި މައާފާއެކު އާސިފް މިނިވަންވިކަން ހާމަވެއްޖެ
މި މައްސަލައަކީ 2019 ވަނަ އަހަރު އއ. މާޅޮހު ކައިރީގައި އޮތް 'ޖަރީ' ނަމަކަށް ކިޔާ ދޯންޏެއްގެ ތެރޭގައި ހިނގި ދީނީ ދެބަސްވުމަކާ ގުޅިގެން، އިސްމާއިލް ހައްމާދު ނަމަކަށް ކިޔާ މީހަކު މަރާލަން އާސިފް ހަމަލާދިން މައްސަލައެއް
13 Apr 2026
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް, ތެލެސީމިއާއަށް ގިނަ ބަދަލުތަކެއް
މި މަސައްކަަތަކީ ކަމާގުޅޭ ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާ އަދި ދިވެހިރާއްޖޭގައި ތިއްބެވި ކަމާ ގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް
13 Apr 2026
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވަމުންދާތީ ފައްޔާޒްގެ ކަންބޮޑުވުން
ފައްޔާޒް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދާ ދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް
13 Apr 2026
ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ
އޭނާ ހާލުދެރަވެގެން މިދިޔަ ހަފުތާ ވަނީ ށ.މިލަންދޫއިން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ފަހުން، އިތުރަށް ހާލު ދެރަވެގެން އޭނާ ވަނީ އިއްޔެ މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައި.ޖީ.އެމް.އެޗް ) އަށް ގެނައިސްފައެވެ.
13 Apr 2026
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 35 އެއަރލައިންއެކެވެ. އެ ގޮތުން، މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ 41 އެއަރލައިންތަކުގެ ތެރެއިން، 16 އެއަރލައިނަކީ އޭޝިއާގެ އެއަރލައިންތަކެވެ. މީގެ އިތުރުން، ޔޫރަޕުގެ 13 އެއަރލައިނަކާއި މެދުއިރުމަތީގެ 6 އެއަރލައިނެއްވެސް މި 41 އެއަރލައިންތަކުގެ ތެރޭގައި ހިމެނެއެވެ.
13 Apr 2026
މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި
މިކަން އިއުލާން ކޮށްފައިވަނީ، މިއަދު މިނިސްޓްރީ އޮފް ހައިއަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވަލޮޕްމެންޓުން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
12 Apr 2026
އެމްޑަބްލިއުއެސްސީގެ އެމް.ޑީ މަތީން އިސްތިއުފާ ދެއްވައިފި
މަތީން އެމް.ޑަބްލިޔޫ.އެސް.ސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
12 Apr 2026
އީފާސް މެދުވެރިކޮށް ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާއިން ހަމަޖައްސައިފި
އެމްއެމްޓީވީގެ "އަދާހަމަ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހް ވިދާޅުވި ގޮތުގައި، މި އައު ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑް ކުރުމާއި ބޭހަށް އޯޑަރު ދިނުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން ކުރިއަށްދާ ގޮތްވެސް ހަމަ އެ ތަނަކުން ބަލައިލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
12 Apr 2026
ބާސެލޯނާގައި "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ގެ އައު މަރުހަލާ ފަށަނީ
މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށްވުރެ ގިނަ ބޯޓާއި 3،000 އަށްވުރެ ގިނަ ބައިވެރިން ގުޅިގެން ހިންގާ ބޮޑު ހަރަކާތެކެވެ.
12 Apr 2026
ދިގުރަށު އަލިފާނުގެ ހާދިސާގެ ތަހުގީގު ހިނގާގޮތް ބަލަން މަޖިލީހަށް ހުށަހަޅައިފި
މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހިނގި މި ހާދިސާގައި އަށް މީހަކު ފިހިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާ ދޭން މާލެ ގެނައެވެ. އަދި ތިންވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މެންބަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް މިކަމުގެ ތަފްސީލީ މައުލޫމާތު ސާފުކުރުމަށެވެ.
12 Apr 2026
ޔޫގަންޑާގެ އަސްކަރީ ވެރިޔާ ތުރުކީއަށް އިންޒާރުދީ، ޚާރިޖީ ގުޅުން ކަނޑާލާނެ ކަމަށް ބުނެފި
މި އިންޒާރާ އެކު ޖެނެރަލް މުހޫޒީ ވަނީ ތުރުކީގެ ސަރުކާރުގެ ކިބައިން ބޮޑު އަދަދެއްގެ ފައިސާ ދެއްކުމަށް ޑިމާންޑް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާތައް ފެށުމަށްޓަކައި ވެސް ތުރުކީން މަދުވެގެން 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ތުރުކީގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ އެއާލައިންތައް ޔޫގަންޑާއަށް ދަތުރުކުރުން ވެސް ހުއްޓުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
11 Apr 2026
ބ.ތުޅާދޫ ހައުސިން ޔުނިޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
11 Apr 2026
މޮރިޝަސް އާ ޗާގޯސް ހަވާލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
11 Apr 2026
މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
11 Apr 2026
ކައުންސިލް އިންތިހާބާއި، ޑަބްލިއުޑީސީގެ ދެވަނަ ބުރަކަށް ލާންޖެހުނު ވޯޓުތައް އަންނަ ހޮނިހިރުދުވަހު ބާއްވަނީ
މި ބުރުގައި ވޯޓުލުން ކުރިއަށްދާނީ ފުރަތަމަ ބުރުގައި އެއްވަރުވެފައިވާ ނުވަތަ ގާނޫނީ ގޮތުން ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތައް
11 Apr 2026
ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ޕާކިސްތާނަށް
11 Apr 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ހިމެނުމުން އިސްރާއީލުން އެކަމާއި ދެކޮޅު ހަދައިފި