ޒިކުރާ ކޮލެޖާއި ސްކޫލް އޮފް މެޑިސިން ބައްދަލުކުރިމެޗްގެ ތެރެއިން؛ ފޮޓޯ / އެމް.އެން.ޔޫ.އެސް.ޔޫ
ކުޅިވަރު
07 May 2026 | 09:12
ތިން ހެޓްރިކާއެކު ޒިކުރާ ކޮލެޖަށް ލަނޑު ގޯންޏެއް

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޒިކުރާ ކޮލެޖުން ސްކޫލް އޮފް މެޑިސިންގެ މައްޗަށް 0-14 ގެ ބޮޑު ތަފާތަކުން ކުރިހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު، ކުޅުން ފެށި ފުރަތަމަ މިނެޓުގައި ޒިކުރާ ކޮލެޖަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިޝަމް އިގްބާލެވެ. އޭގެ ފަހުން 11 ވަނަ މިނެޓުގައި ހަސަން ރަޝީދު ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 12 ވަނަ މިނެޓަކީ ޒިކުރާ ކޮލެޖަށް ވަރަށް ކާމިޔާބު މިނެޓެކެވެ. އެ މިނެޓުގެ ތެރޭގައި ފާރޫގު އިސްމާއިލް، ހަސަން ރަޝީދު އަދި މުހައްމަދު ޝާވިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ޒިކުރާ ކޮލެޖުން ލަނޑުތައް އިތުރުކުރަމުން ދިޔައިރު، 15 ވަނަ މިނެޓުގައި އަހުމަދު ނަބީލް ލަނޑެއް ޖެހިއެވެ. އަދި 20 ވަނަ މިނެޓުގައި އަހުމަދު އައިޝަމް އިގްބާލް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 22 ވަނަ މިނެޓުގައި ފާރޫގު އިސްމާއިލް އަދި 24 ވަނަ މިނެޓުގައި އަހުމަދު އައިޝަމް އިގްބާލް ވަނީ އިތުރު ލަނޑުތަކެއް ޖަހައިފައެވެ. 26 ވަނަ މިނެޓުގައި ރީހާން ހަސަން ވަނީ ޓީމުގެ 10 ވަނަ ލަނޑު ހަމަކޮށްދީފައެވެ.

މެޗުގެ ފަހުބައިގައިވެސް ޒިކުރާ ކޮލެޖުން ވަނީ ލަނޑުތައް އިތުރުކޮށްފައެވެ. އެގޮތުން 32 ވަނަ މިނެޓުގައި އިސްމާއިލް ޝާން ހަމީދު، 35 ވަނަ މިނެޓުގައި ހަސަން ރަޝީދު، 36 ވަނަ މިނެޓުގައި އަހުމަދު މިރާޒް އަދި 38 ވަނަ މިނެޓުގައި އަހުމަދު ޝާން ވަނީ ލަނޑުތައް ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިކުރާ ކޮލެޖަށް ތިން ލަނޑު ކާމިޔާބުކޮށްދިން ހަސަން ރަޝީދެވެ. މެޗު ނިމުނުއިރު ޒިކުރާ ކޮލެޖު އޮތީ 0-14 އިން ކުރީގައެވެ. ސްކޫލް އޮފް މެޑިސިން އަށް މި މެޗުގައި އެއްވެސް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ