އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026
12 May 2026
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ފިރިހެނުންގެ ސެމީގެ ޖާގަ އެމްބީއެސް، ސީއެފްއެސް، އެފްއީ އަދި މެޕްސްއަށް
މުބަރާތުގެ ސެމީގެ މެޗްތައް ކުޅޭނީ އަންނަ ބުދަދުވަހުގެ ރޭ ރެހެނދި ދަނޑުގައި
12 May 2026
ވުމެންސް ސެމީގެ ޖާގަ އެމްބީއެސް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖަށް
ދިރާގް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ވުމެންސް ސެމީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި
11 May 2026
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ މެޗްތައް މިރޭ
މިރޭ އެންމެ ފުރަތަމަ ކުޅުމަށް ތާވަލްކޮށްފައިވަނީ އަންހެން ޑިވިޝަނުގެ މެޗްތަކެވެ. އަންހެން ޑިވިޝަނުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 އަދި 21:00 ޖަހާއިރުއެވެ. ފިރިހެން ޑިވިޝަނުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ، 22:00 އަދި 23:00 ގައެވެ
09 May 2026
ހެލްތު ސައިންސް މޮޅުވިއިރު، މިއާންޒަށް ތަފާތުބޮޑު މޮޮޅެއް
ހެލްތް ސައިންސް ނިކުތީ، ޝަރީއާ އެންޑް ލޯ އާ ދެކޮޅަށް. މިމެޗް ހެލްތު ކާމިޔާބުކުރީ 5-2 ނަތީޖާ އަކުން. މޯލްޑިވްސް ޕޮލިޓެކްނިކާއި، މިއާންޒު ކޮލެޖް ބައްދަލުކުރިމެޗް މިއާންޒުން ކާމިޔާބުކުރީ، 15-1 ގެ ނަތީއްޖާއަކުން
07 May 2026
މެޕްސް ކޮލެޖުން ބޮޑު ތަފާތަކުން ފެކަލްޓީ އޮފް ހެލްތު ސައިންސް ބަލިކޮށްފި
މެޗުގެ ވަރަށް ކުރީކޮޅު މެޕްސް ކޮލެޖުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހިލްމީއެވެ. މި ލަނޑާއެކު މެޕްސް ކޮލެޖަށް މެޗުގެ އިތުރު އިތުބާރު ލިބިގެންދިޔައެވެ.
07 May 2026
ސީ.އެފް.އެސް އިން ވިލާ ކޮލެޖު ބަލިކޮށް މުހިންމު މޮޅެއް
މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގެ ބޮޑުބައިގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވި އޮތުމުން، މެޗު ނިމިގެންދާނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ކަމަށް ބެލެވުނެވެ.
07 May 2026
ތިން ހެޓްރިކާއެކު ޒިކުރާ ކޮލެޖަށް ލަނޑު ގޯންޏެއް
މެޗުގެ ފުރަތަމަ ލަނޑު، ކުޅުން ފެށި ފުރަތަމަ މިނެޓުގައި ޒިކުރާ ކޮލެޖަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިޝަމް އިގްބާލެވެ. އޭގެ ފަހުން 11 ވަނަ މިނެޓުގައި ހަސަން ރަޝީދު ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 12 ވަނަ މިނެޓަކީ ޒިކުރާ ކޮލެޖަށް ވަރަށް ކާމިޔާބު މިނެޓެކެވެ. އެ މިނެޓުގެ ތެރޭގައި ފާރޫގު އިސްމާއިލް، ހަސަން ރަޝީދު އަދި މުހައްމަދު ޝާވިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
06 May 2026
ރޭ ކުޅުނު މެޗުތަކުން އެމްއައިޓީއާއި އެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކޮށްފި
ރޭ ކުޅުނު މެޗުތަކުން އެމްއިޓީން އައިއެމްޔޫ އާއި ދެކޮޅަށް ކުޅުނު މެޗު އެމްއައިޓީން ވަނީ 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ފެކަލްޓީ އޮފް އާރޓްސް އާއި ދެކޮޅަށް ކުޅުނު މެޗުން އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ވަނީ 2-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.