ޝަރީއާ އެންޑް ލޯ އާއި ހެލްތު ސައިންސް ބައްދަލުކުރިމެޗްގެ ތެރެއިން...
ކުޅިވަރު
09 May 2026 | 09:09
ފެކަލްޓީ އޮފް ހެލްތު ސައިންސް މޮޅުވިއިރު، މިއާންޒަށް ތަފާތު ނަތީޖާއެއް

މިހާރު ކުރިއަށްދާ ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ، ފެކަލްޓީ އޮފް ހެލްތު ސައިންސް މޮޅުވިއިރު، މިއާންޒު ކޮލެޖް ކުޅުނު މެޗް ތަފާތު ބޮޑު ނަތީޖާއަކުން އެޓީމް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ރޭ ހެލްތް ސައިންސް ނިކުތީ، ޝަރީއާ އެންޑް ލޯ އާ ދެކޮޅަށެވެ. މިމެޗް ހެލްތު ކާމިޔާބުކުރީ 5-2  ނަތީޖާ އަކުންނެވެ. މިމެޗްގައި ހެލްތް ސައިންސަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަބުދުއް ޝުކޫރު، އަހުމަދު ލައްމާހް އަދި ވިޝާހް އަހުމަދެވެ. މެޗްގައި ވިޝާހް އަދި ލައްމާހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ޝަރީއާ އެންޑް ލޯއަށް ގޯލްތައް ކާމިޔާބުކޮށްދިނީ، ޖަޒްލާން އަދި ސައްޔާފް އެވެ.

ޕޮލިޓެކްނިކާއި، މިއާންޒު ކޮލެޖް ބައްދަލުކުރިމެޗްގެ ތެރެއިން..

މޯލްޑިވްސް ޕޮލިޓެކްނިކާއި، މިއާންޒު ކޮލެޖް ބައްދަލުކުރިމެޗް މިއާންޒުން ކާމިޔާބުކުރީ، 15-1 ގެ ނަތީއްޖާއަކުންނެވެ. މެޗްގައި މިއާންްޒަށް ގޯލް ހުޅުވާލަދިނީ، މެޗް ފަށައިގެން އަށްވަނަ މިނެޓް ތެރޭގައި އިސްމާއީލް އަޒްހާނެވެ. މެޗްގައި ދެން މިއާންޒަށް ގޯލްތައް ކާމިޔާބުކޮށްދިނީ، އަހުމަދު ޝަޒީމް، މުހައްމަދު މިންވާލް، މުހައްމަދު މާކިން، އަދި އަނަސް އަދުނާނެވެ.

މެޗްގައި މިންވާލް ހަ ލަނޑު ޖެހިއިރު، އަނަސް ހަތަރު ލަނޑު ޖެހިއެވެ. އަދި އަޒުހާން މާކިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަ ލަނޑު ކާމިޔާބުކޮށްދިން މިންވާލެވެ. މެޗްގެ މޭންއޮފް ދަ މެޗްގެ އެވޯޑާއެކު މިންވާލަށް ވަނީ އިނާމުގެ ގޮތުގައި އީޒެޕްހގެ ވައުޗަރާއި، ތޫލްގެ ގިފްޓްޕެކް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ