އެމްއެންޔޫ ފުޓްސަލް މުބާރާތުގެ ތެރެއިން
ކުޅިވަރު
11 May 2026 | 08:32
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ މެޗްތައް މިރޭ ފަށަނީ

މިހާރު ކުރިއަށްދާ ދިވެހި ޤައުމީ ޔުނިވަރސިޓީގެ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ މެޗްތައް މިރޭ ފަށާނެއެވެ.

ކުއާޓާފައިނަލުގެ ޓީމްތައް ކަށަވަރުވެފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗްތައް ކުރިއަށްދާނީ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތަކުގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް ބިޒްނަސް ސްކޫލް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަން، މިއާންޒް ކޮލެޖު، ޒިކުރާ ކޮލެޖްގެ އިތުރުން މެޕްސް ކޮލެޖެވެ.

މުބާރާތުގެ އަންހެން ޑިވިޝަނަށް ބަލާއިރު ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ، މޯލްޑިވްސް ބިޒްނަސް ސްކޫލް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ވިލާ ކޮލެޖް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، މިއާންޒް ކޮލެޖް، އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއެވެ.

މިރޭ އެންމެ ފުރަތަމަ ކުޅުމަށް ތާވަލްކޮށްފައިވަނީ އަންހެން ޑިވިޝަނުގެ މެޗްތަކެވެ. އަންހެން ޑިވިޝަނުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 އަދި 21:00 ޖަހާއިރުއެވެ.

އަންހެން ޑިވިޝަނުގެ މެޗްތަކުގެ ތާވަލް

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ، 22:00 އަދި 23:00 ގައެވެ.

ފިރިހެން ޑިވިޝަނުގެ މެޗްތަކުގެ ތާވަލް

އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި އަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމުލަ 31 ޓީމު ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މުބަރާތުގެވެސް ޓައިޓަލް ސްޕޮންސާ އަކީ ދިރާގެވެ. އަދި ލައިފް ސްޓައިލް ޕާރޓްނަރެއްގެ ގޮތުގައި އީޒެޕް، އެސޯސިއޭޓް ޕާރޓްނަރަކަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން، މީޑިއާ ޕާރޓްނަރަކަށް ވޮއިސް، އަދި ސްޕޮންސަރެއްގެ ގޮތުގައި ތޫލް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ