މޯލްޑިވްސް ބިޒްނަސް ސްކޫލް ކުޅުނު މެޗްގެ ތެރެއިން..
ކުޅިވަރު
12 May 2026 | 07:42
އެމްއެންޔޫ ފުޓްސަލް މުބާރާތުގެ ވުމެންސް ސެމީއަށް އެމްބީއެސް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖް

ދިރާގް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ވުމެންސް ސެމީގެ ޖާގަ ބިޒްނަސް ސްކޫލް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖް ހޯދައިފިއެވެ.

ކުއާޓާ ފައިނަލުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް ނިކުތީ، ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލާ ދެކޮޅަށެވެ. މިމެޗް މޯލްޑިވްސް ބިޒްނަސް ސްކޫލް ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އެމްބީއެސްއިން ނެވެ. އެއީ 13 ވަނަ މިނެޓް ތެރޭގައި މަރިޔަމް މަލާކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެމްބީއެސްގެ ދެވަނަ ލަނޑަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. މެޗްގައި ދެން އެމްބީއެސްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، މަލާކްގެ އިތުރުން ޝައިނާއެވެ. މެޗްގައި މަލާކް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ މަލާކް އެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި ވިލާ ކޮލެޖް ނިކުތީ، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއާ ދެކޮޅަށެވެ.މިމެޗް ވިލާއިން ކާމިޔާބުކުރީ 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗްގައި ވިލާގެ މަލްޝާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމްގެ ނިހާމާ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މަނާލްވެސް ވަނީ ގޯލެއް ޖަހާފައެވެ. މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ހަތަރު ލަނޑު ޖެހި މަލްޝާ އެވެ.

ކުއާޓާ ފައިނަލުގެ ތިންވަނަ މެޗްގައި ފެކަލްޓީ އޮފް ހެލްތު ސައިންސް އާއި ޝަރިއާ އެންޑް ލޯ ބައްދަލުކުރިމެޗް ހެލްތު ސައިންސް ކަމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ހެލްތު ސައިންސްގެ ޓީމަށް ގޯލްތައް ޖަހައިދިނީ، މާނިއާ އަދި ސަފާ އެވެ. މެޗްގައި މާނިއާ ވަނީ ދެ ލަނޑު ޖަހާފައެވެ. ޝަރިއާ އެންޑް ލޯގެ ޓީމަށް ސުންކަނޑުވާލަދިނީ ހައިފާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ، ޝަފާނާ އެވެ.

ރޭ މެއިންޒުން ސެމީގެ ޖާގަ ކަށަވަރުކުރީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އާ ދެކޮޅަށް ކުޅުނުމެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، ސަލްމާއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެއިންޒްގެ ޝާހާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ