ސެމީފައިނަލުގައި މޯލްޑިވްސް ބިޒްނަސް ސްކޫލާ ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
14 May 2026 | 07:20
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް އެމްބީއެސް އާއި މެޕްސް

މިހާރު ކުރިއަށްދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް މޯލްޑިވްސް ބިޒްނަސް ސްކޫލާއި، މެޕްސް ކޮލެޖް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް މޯލްޑިވްސް ބިޒްނަސް ސްކޫލް ހޯދާފައިވަނީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗްގައި ފެކަލްޓީ އޮފް އެޑިއުކޭޝަން އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެވް ބިޒްނަސް ސްކޫލުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ.

މެޗްގައި ބިޒްނަސް ސްކޫލަށް ގޯލް ހުޅުވާލަދިނީ ހަވަނަ މިނެޓް ތެރޭގައި ތޯހިރުއެވެ. މެޗްގައި ފެނިގެންދިޔަ ދެވަނަ ލަނޑު އަޖުވަދު ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުއްރަހްމާނެވެ. އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ކައިސަން އެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ތޯހިރެވެ.

މުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ފައިނަލުގެ އެންމެ ފަހު ޖާގަ މެޕްސް ކޮލެޖް ހޯދާފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ވަރަށް ވާދެވެރިކޮށް ފެނިގެންދިޔަ މިމެޗް މެޕްސް ކާމިޔާބުކުރީ ޕެނަލްޓީއަށް ގޮސްގެން 4-3 ގެ ނަތީޖާއަކުންނެވެ.

ފައިނަލަށް ދިއުމުން މެޕްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޕެނަލްޓީ ޝޫޓް އައުޓަށް ގޮސް މެޗްގެ ނަތީޖާ ނެރުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވުމުންނެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ސެންޓަރ ފޯ ފައުންޑޭޝަނުންނެވެ. އެއީ 21 ވަނަ މިނެޓް ތެރޭގައި ޔޫސުފް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޕްސްއަށް އެއްވަރުކޮށްދިނީ 38 ވަނަ މިނެޓް ތެރޭގައި މުހައްމަދު އާއިން އެވެ. 

މުބާރާތުގެ ފައިނަލުގައި މެޕްސް އާއި މޯލްޑިވްސް ބިޒްނަސް ސްކޫލް ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ ރެހެނދި ފުޓްސަލް ދަނޑުގައި މިރޭ 21:30 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ