އެމްބީއެސް ފިރިހެން ޓީމް ތަށި އުފުލާލަނީ
ކުޅިވަރު
16 May 2026 | 09:21
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް މޯލްޑިވްސް ބިޒްނަސް ސްކޫލަށް

ނިމިގެންދިޔަ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް ހޯދައިފިއެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް ނިކުތީ މެޕްސް ކޮލެޖާ ދެކޮޅަށެވެ. މިމެޗް އެމްބީއެސް ކާމިޔާބުކުރީ  0-4 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ތަރިއަކަށްވީ އެމްބީއެސްގެ އިބްރާހިމް ހާމިދެވެ. އޭނާ ވަނީ މެޗްގައި ތިން ލަނޑު ޖަހާފައެވެ. 

މެޗްގެ ފުރަތަމަ ލަނޑު އޭނާ ޖަހާފައިވަނީ 20 ވަނަ މިނެޓް ތެރޭގައެވެ. ދެވަނަ ލަނޑު 27 މިނެޓްގައި ޖެހިއިރު ތިންވަނަ ލަނޑު ޖަހާފައިވަނީ 37 ވަނަ މިނެޓް ތެރޭގައެވެ. މެޗްގައި ފެނިގެްނދިޔަ ބިޒްނަސް ސްކޫލުގެ އަނެއް ކަނޑު ޖަހައިދިނީ ކައިސަން އެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ.

މުބާރާތުގެ އަންހެނުން ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް ހޯދާފައިވަނީ، ވިލާ ކޮލެޖާ ދެކޮޅަށް ކުޅުނުމެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. މެޗްގައި ފެނިގެންދިޔަ އެއް ގޯލަކީ ވިލާ ކޮލެޖްގެ މަލްސާ އަތުން ބައިކޮޅަށްވަތް ގޯލެކެވެ. 

އެމްބީއެސް އަންހެން ޓީމް ތަށި އުފުލާލަނީ

މެޗްގައި އެމްބީއެސްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޝައިނާ އަދި މަލާކް އެވެ. ވިލާ ކޮލެޖުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މަލްޝާއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ޝައިނާއެވެ. މި ތައްޓާއެކު މޯލްޑިވްސް ބިޒްނަސް ސްކޫލުން ވަނީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލުމުގެ ޝަރަފް ހޯދާފައެވެ. ތަށީގެ އިތުރުން މުބާރާތުގެ އަންހެނުން ޑިވިޝަނުގެ މޮޅުކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ބިޒްނަސް ސްކޫލްގެ މަލާކް އެވެ.

މެޗް ނިމުމުން ޗެމްޕިއަން ޓީމްތަކަށް ތަށި ހަވާލުކޮށްދެއްވީ، ފުޓްސަލް ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ