އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ދުނިޔެ
03 May 2026 | 09:41
އީރާނުން ބަސްނާހައިފިނަމަ ހަމަލާދިނުން އަލުން ފަށާނަން: ޓްރަމްޕް

އީރާނުން ބަސްނާހައިފިނަމަ ނުވަތަ ގޯސް ކަމެއް ކޮށްފިނަމަ އަލުން އަސްކަރީ ހަމަލާތަކެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އަލުން ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިން އިއްޔެ ސުވާލުކުރުމުން ޓްރަމްޕް ބުނީ އެއީ ވެދާނެ ކަމެއް ކަމަށާއި، ނަމަވެސް މިވަގުތު ކަންތައްތައް ވާގޮތް އޭނާ ބަލަމުން ގެންދާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ފާހަގަކުރި ގޮތުގައި އީރާނާ ގުޅޭ ކަންކަމުގައި އެމެރިކާ އޮތީ ވަރަށް ކުރީގައެވެ. އެގޮތުން، އީރާނުގެ އިގްތިސާދާއި އެހެނިހެން ދާއިރާތައް "ފުނޑުފުނޑުވެފައިވާ" ކަމަށާއި، އެހެންކަމުން އެ ގައުމުން މިހާރު ބޭނުންވަނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

އީރާނުގެ އެތެރޭގެ މަސްރަހާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އަލީ ޚާމަނާއި އަވަހާރަވުމުން އެ ގައުމުގެ ލީޑަރަކީ ކާކުކަން އޮޅުން ފިލުވުމުގައި އީރާނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އީރާނުން ހުށަހަޅާފައިވާ 14 ނުކުތާގެ ޕްލޭނާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އެ އެއްބަސްވުމުގައި ހިމެނޭ ތަފްސީލީ ލިޔުންތައް ނުވަތަ އިބާރާތްތައް ވަރަށް އަވަހަށް އޭނާއަށް ލިބޭނެ ކަމަށެވެ.

ޓްރަމްޕް ދަނީ އީރާނުގެ މިހާރުގެ ހާލަތަކީ އެމެރިކާއަށް ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.