ރައީސް ނަޝީދު އަށް ލިބުނު އަނިޔާ މީގެ 5 އަހަރު ކުރިން އަދި މިހާރު ހުރި ލަކުނުތައް؛ ފޮޓޯ / ރައީސް ނަޝީދު
ހަބަރު
06 May 2026 | 15:01
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް 5 އަހަރު؛ ލަކުނުތައް ދައްކާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު ލަކުނުތައް އަލުން ދައްކާލައިފިއެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދިން ހަމަލާގައި ލިބުނު ލަކުނުތައް ފެންނަ ފޮޓޯ އެއް މިއަދު އެ ހަމަލާއަށް 5 އަހަރުވުމާއި ގުޅިގެން އެކްސްގައި ހިއްސާކުރައްވާފައެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓް

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް ހަމަލާދީފައިވަނީ، އެމަނިކުފާނު ކާރަށް އަރަން އުޅެނިކޮށް އަތަމާ ޕެލެސް ކުރިމަތީގައި ހުރި ކަންމައްޗެއްގައި ހުރި އިމާރާތް ކައިރިން ބޮމެއް ގޮއްވާލައިގެންނެވެ. މި ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދު ވަނީ އެ ރޭ އިމަޖެންސީކޮށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ އެ ރޭ އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގޮސްފައެވެ.

އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން މި ހަމަލާގައި ޑޮކްޓަރުން ވަނީ 5 އަހަރުތެރޭގައި އެމަނިކުފާނު އެއްކޮށް ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ހަމައެކަނި ވިސްނަން ޖެހޭނެ ކަމަކީ އެމަނިކުފާނުގެ ކަނާއަތުގެ 3 އިނގިލިއެއް ހަރަކާތްކުރުމާއި މެދުގައި ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ފެންސިރު
އެއްއުރައެއްގާ ދެކަނޑިއަކަށް ނޯވިވޭނޭ ބުުނުމުގެ ވަރަށް ބޮޫޑު ހެއްކެއްތީ.
06 May 2026
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ