އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ؛ ފޮޓޯ / އޭޕީ
ދުނިޔެ
06 May 2026 | 13:50
ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް އިރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް

އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ފުރަތަމަ ފަހަރަށް ޗައިނާގެ ބެއިޖިންއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ހަނގުރާމަ ފެށުނު ފަހުން ދެ ގައުމުގެ ދެމެދުގައި ފޯނުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އީރާނުން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ދެ ކަމަކަށް ބޮޑު އިސްކަމެއް ދޭނެއެވެ. އެއީ މިހާރު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމާއި، ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމެވެ. ބެއިޖިންއިން ދަނީ މި ދެ ކަމަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ދެ ކަންތައް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ޗައިނާގެ ސިޔާސަތު އޮތީ ދެ ފަރާތަށްވެސް ފާޑުކިޔުން އަމާޒުވާ ގޮތަށެވެ. އެގޮތުން އިރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރަމުންދާ ބްލޮކޭޑަށް ޗައިނާއިން ފާޑުކިޔާފައިވާއިރު، އިރާނުން އެ ކަނޑުއޮޅި ބަންދުކުރުމުގައި އަދާކުރާ ދައުރަށްވެސް ޗައިނާއިން ދަނީ ފާޑުކިޔަމުންނެވެ.

ތެހެރާނުން މި ދަތުރުގައި ބަލާނީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެއްބަސްވެއްޖެ ނަމަ، ބެއިޖިންގެ ފަރާތުން ލިބޭނެ އެހީތެރިކަމަކީ ކޮބައިތޯއެވެ. މީގެ ތެރޭގައި އިރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އދ. އިން މަސައްކަތްކޮށްފި ނަމަ، ޗައިނާއިން އިރާނަށް އެއްބާރުލުން ދޭނެތޯ ކަށަވަރުކުރުން ހިމެނެއެވެ.

އިރާނުގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިން ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މީގެ މަގްސަދަކީ އެމެރިކާއާއެކު އޮތް ނުތަނަވަސްކަމުގެ ތެރެއިން، ޗައިނާއަކީ އިރާނުގެ ސިޔާސީ އަދި އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ