ޕްރޮފެސަރު ޕަރަމްޖީތު ސިންގް؛ ފޮޓޯ / އިންޑިއާ ޓައިމްސް
ދުނިޔެ
16 May 2026 | 19:52
ލަކްނައު ޔުނިވަރސިޓީގެ ޕްރޮފެސަރަކު ދަރިވަރަކަށް ފުރައްސާރަކުރި މައްސަލައެއްގައި ހައްޔަރުކޮށްފި

އިންޑިއާގެ ލަކްނައު ޔުނިވަރސިޓީގައި އިމްތިހާނު ކަރުދާސްތަކެއް ދޭނެ ކަމަށް ބުނެ އަންހެން ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ، އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ޕްރޮފެސަރު ދަރިވަރަށް ގުޅައި ދެއްކި ވާހަކަތަކުގެ އޯޑިއޯ ރެކޯޑިންތަކެއް ވަނީ އާންމުވެފައެވެ. މީގެ އިތުރުން މި މައްސަލަ ފެންމަތިވެފައިވަނީ، އިންޑިއާގެ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

އާންމުވެފައިވާ އޯޑިއޯގައި، ޕްރޮފެސަރު ޕަރަމްޖީތު ސިންގް އެ ދަރިވަރަށް "ޑާރލިން" ގެ ނަމުން މުހާތަބުކޮށް، ދެ ކަރުދާހެއް ހޯދާފައިވާ ކަމަށް ބުނެ އޭނާއާ ބައްދަލުކުރުމަށް މަޖުބޫރު ކުރާ އަޑު އިވެއެވެ. އެ ދަރިވަރު ފިލާވަޅުތައް ދަސްކޮށް ނިމިފައިވާ ކަމަށް ބުނި ނަމަވެސް، އިމްތިހާނުގެ ހަތް ދުވަސް ކުރިން އޭނާއާ ބައްދަލުކުރަން ޖެހޭނެ ކަމަށް ބުނެ ޕްރޮފެސަރު ވަނީ އެ ދަރިވަރަށް ބާރު އަޅާފައެވެ.

މި މައްސަލައިގައި ދެ ކަމެއް ތަހުގީގު ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އަންހެން ދަރިވަރަށް ކުރި ބޭއަދަބީ ފުރައްސާރައިގެ މައްސަލައާއި، އިމްތިހާނު ކަރުދާސް ލީކުވި ކަމަށް ބުނާ މައްސަލައެވެ. އިންޑިއާގައި މި ދުވަސްވަރަކީ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލަ ސީ.ބީ.އައި އިން ތަހުގީގު ކުރަމުންދާ ދުވަސްވަރަކަށް ވާތީ، ކަރުދާސް ލީކުވުމުގެ މައްސަލައަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ލަކްނައު ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޖޭ.ޕީ ސައިނީ ވަނީ 24 ގަޑިއިރުގެ ތެރޭގައި ތަހުގީގު ރިޕޯޓު ހުށަހެޅުމަށް އިންޓާރނަލް ކޮމްޕްލެއިންސް ކޮމިޓީއަށް އަންގަވާފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ޕްރޮފެސަރު ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރަމުން ބުނެފައިވަނީ، މިއީ ޔުނިވަރސިޓީގެ އެތެރޭގެ ސިޔާސީ ކުޅިވަރެއްގެ ތެރެއިން އޭނާ ފްރޭމް ކުރުމަށް ހިންގާ އަމަލެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ދަރިވަރުންގެ ޖަމިއްޔާއެއް ކަމަށްވާ އޭ.ބީ.ވީ.ޕީ އިން ވަނީ ޔުނިވާސިޓީ ކެމްޕަސްގައި މުޒާހަރާކޮށް، އެ ޕްރޮފެސަރާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ލަކްނައު ޔުނިވަރސިޓީން ބުނެފައިވަނީ މުއައްސަސާގެ އަބުރަށް ހުތުރުވާ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށާއި، ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ